Advertisement
ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 17:04
ހެލްތް މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--
ހެލްތް މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--
ރާއްޖެއެމްވީ
ހިމަބިހި
ހިމަބިއްސަށް ޓެސްޓް ކުރި 79 މީހުންގެ ތެރެއިން، ބަލި ފެނުނީ ހަތަރު މީހެއްގެ ގައިން
ފާއިތުވި ދެ ދުވަހު އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވޭ
މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވޭ
ދެ ލައްކަ މީހުންނަށް ވާވަރަށް ވެކްސިން ގެންނާނެ

ހިމަބިއްސަށް ޝައްކުކުރެވިގެން މިހާތަނަށް ޓެސްޓްކުރި 79 މީހުންގެ ތެރެއިން، 4 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހިމަބިހި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ފާއިތުވި ދެ ދުވަސް ތެރޭގައި އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައި ނުވާކަމަށެވެ.

އަމީން ވިދާޅުވީ، ހިމަބިއްސަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެ މީހަކު ވަށައިގެން ދިރިއުޅޭ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. އަދި މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

Advertisement

އަމީން ވިދާޅުވީ، ކުރިން ހާމަކޮށްފައިވާ ފަދައިން، ދެ ލައްކަ މީހުންނަށް ވާވަރަށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އިންޑިއާ ސަރުކާރާ އެކު ކުރި މަސައްކަތުގެ ދަށުން 30 ހާސް ވެކްސިން ޑޯޒް ބުރާސްފަތި ދުވަހު ރާއްޖެ ގެނެވޭނެ ކަމަށެވެ.

އެ ވެކްސިންތައް ގެނައުމާއި އެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ކުރިޔަށް ގެންދިއުމަށް ހެލްތް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހިމަބިހި އެންމެ ފުރަތަމަ ޖެހުނީ ކުޑަ ކުއްޖަކަށެވެ. އެކުއްޖާއަކީ ވެކްސިން ޑޯޒް ހަމަކޮށްފައި ނުވާ ކުއްޖެކެވެ. އޭގެފަހުން ހަތަރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް