Advertisement
ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 16:54
އެމްއެމްޑީއެފް ކޯސްޓްގާޑު
އެމްއެމްޑީއެފް ކޯސްޓްގާޑު
އެމްއެންޑީއެފް
ކަނޑުވެފައިތިބި ބަޔަކު ސަލާމަތް ކުރުން
ކަނޑުވެފައި ތިބި ހަތަރު މީހަކު ސަލާމަތްކޮށްފި
މިކަމެއް ހިނގާފައިވަނީ ކ. އިތާފުށި ކައިރިން
ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ ހާދިސާތައް ވަނީ އިތުރުވެފައި
އެ މީހުން ނެގީ އެ ސަރަހައްދުން ދިޔަ ދޯންޏަކުން

ދޯންޏެއް އަޑިއަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހަކު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް ކ. އިތާފުށި ކައިރިޔަށް އަޑިޔަށް ދިޔަ ކަމުގެ ރިޕޯޓް ލިބިފައިވަނީ ބުދަ ދުވަހު ހެނދުނު 10:25 ހާއިރު ކަމަށެވެ.

Advertisement

އެ އުޅަނދަކީ 40 ފޫޓުގެ ކުޑަ ދޯންޏެއް ކަމަށާއި އެ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން އެމީހުން ނަގާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް