Advertisement
ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 15:25
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ޝުއައިބް މުހައްމަދު އިގްބާލް
ޖަލުތަކުގައި ތިބި ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަ
މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ފަރުވާ ހޯދުން އެހާ ފަސޭހަ އެއް ނޫން: މެންބަރު ސިރާޖު
ރީހެބިލިޓޭޝަން އަކީ އަގުބޮޑު ފަރުވާއެއް : ސިރާޖު
ކޮންމެ ރަށެއްގައި ރީހެބިލިޓޭޝަން ފަރުވާ ލިބެންޖެހޭ : ސިރާޖު
ތަކުރާރުކޮށް ކުށްކުރާ މީހުން އިތުރުވަނީ ފަރުވާ ނުލިބެތީ: ޖީހާން

މިހާރު ނިޒާމު އޮތް ގޮތުން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކުން ފަރުވާ ހޯދުމަކީ އެކަމާއި އުޅުމަށްވުރެ "ނޫޅުން ފަސޭހަ ކަމެއް" ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Advertisement

ޖަލުތަކުގައި ތިބި ފަރާތްތަކުން ފޮނުވާފައިވާ ސިޓީތައް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ސަބްކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް ރީހެބިލިޓޭޝަންގެ ފަރުވާއަށް އަލިއަޅުއްވާލައްވާ ސިރާޖު ވިދާޅުވީ މިވަގުތު މުޅި ރާއްޖޭގައިވެސް އެ ފަރުވާ ހޯދެން އޮތީ އެންމެ ތިން ޞަރަޙައްދަކުން ކަމަށެވެ. އަދި އެހެން ޞަރަޙައްދެއްގައި އެ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ފަރުވާ ލިބިގަތުމަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް މިއަދުވެސް އަޅުގަނޑުގެ ދާއިރާގެ ކުއްޖަކު ގުޅި، މަސްތުވާތަކިތީގެ ފަރުވާ ނަގަންޖެހޭ ކުއްޖެއް. އެ ފަރުވާ ހޯދުމަށް ލ. އަތޮޅު ކުއްޖެއް ފަރުވާ ހޯދަން ބޭނުންވެއްޖެ ކަމަށް ވާނަމަ މި އޮންނަ އުސޫލަކީ އެ ތިން ސަރަހައްދުން ކުރެ ސަރަހައްދަކަށް ދާން މިޖެހެނީ. މާލެއަށް އައިސިކަމުގައި ވާނަމަ އެކުދިންނަކަށް ވަޒީފާއެއް ލިބޭ ގޮތަށް ހަމަޖެހިފައެއް ނޯވޭ، ކުލި ދައްކައިގެން ފަރުވާ ހޯދަން މަޑުކުރަން މިޖެހެނީ. މިހާރު މި ނިޒާމް ބައްޓަންވެފައި އޮންނަ ގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މަސްތުވާތަކެތި ބޭނުން ކުރާ ކުއްޖާއަށް ވެސް ފަރުވާ ހޯދުމަކީ އެކަމާއި އުޅުމަށްވުރެ ނޫޅުން ފަސޭހަ ކަމެއްގެގޮތެއް
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

މެންބަރު ވިދާޅުވީ އެ ފަރުވާ ހޯދުމަކީ އަގުބޮޑު ކަމެއް ކަމަށާއި ވަރަށް ބޮޑެތި ޚަރަދުކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ކޮންމެ ރަށެއްގައިވެސް އެ ފަރުވާ ލިބެން ޖެހޭނެ ކަމަށްވެސް މެންބަރު ސިރާޖު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ ތަކުރާރުކޮށް ކުށް ކުރާ މީހުން ކުށްކުރަނީ މިހާރު ނިޒާމު ރޭވިފައިއޮތް ގޮތުގެ ސަބަބުން ކަމަށެވެ.

ޖަލުތަކުގައި ތިބި ފަރާތްތަކުން ފޮނުވާފައިވާ ސިޓީތައް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ސަބްކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ ދިވެހި ރާއްޖޭގެ ކުށުގެ ބާވަތްތަކަށް ބަލާލާއިރު އެންމެ ގިނައީ މަސްތުވާތަކެތި ބޭނުން ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ވައްކަމާއި ފޭރުން ފަދަ ކުށްތައް ކަމަށެވެ.

އެގޮތުން ނެޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުތަކަށް އަލިއަޅުއްވާލައްވާ ޖީހާން ވިދާޅުވީ ޑްރަގް ކޯޓުން، ރީހެބިލިޓޭޝަން އަށް ޙުކުމްކޮށް، ނަމަވެސް ޖާގަނެތުމުގެ ސަބަބުން އެ ފުރުޞަތު ނުލިބި، މިވަގުތުވެސް އެއްހާސް މީހުން މުޖްތަމަޢަށް ދޫވެފައި އެބަތިބި ކަމަށެވެ. އަދި ޢާއްމުކޮށް، ރިޕީޓް އޮފެންޑަރސް އަށް ވަނީ ނުވަތަ ތަކުރާރުކޮށް ކުށްކުރަނީ ޢާއްމުކޮށް މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން އެހެން ކުށެއް ކޮށްގެން ކަމަށެވެ. އަދި ތަކުރާރުކޮށް ކުށް ކުރާ މީހުން ކުށްކުރަނީ ވެސް މިހާރު ނިޒާމު ރޭވިފައި އޮތް ގޮތުގެ ސަބަބުން ރީހެބިލިޓޭޝަންގެ ފުރުޞަތު ނުލިބެތީ ކަމަށެވެ.

ޙުކުމްކޮށްފައި މުޖުތަމަޢުގައި މިހުންނަނީ. ތައުހީލީ ފަރުވާއަކަށް ނުއެއް ދެވޭ. ހުންނަ މުއްދަތުގެ ތެރޭގައި އޭނާއަކަށް ފަރުވާއެއް ނުއެއް ލިބޭ. މަސްތުވާތަކެތި ބޭނުން ކުރަމުންދަނީ ކުށް ސާބިތުވެފައި އޮތް ނަމަވެސް މިއާއި ގުޅިގެން އެހެން ކުށްތައް ކުރަމުން މިގެންދަނީ

މުޅި މުޖްތަމަޢު އޮތީ ބޮޑު ބަލި މަޑުކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވެ މެންބަރު ވިދާޅުވީ ރީހެބެލިޓޭޓްވެ، އަވަސް މުއްދަތެއްގެ ތެރޭގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ އެއީ ސަރުކާރަށް ކުރަން ބާރުއަޅަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް