Advertisement
ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 18:43
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ވ) އަދީ ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު (ކ)
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ވ) އަދީ ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު (ކ)
ޙުސައިން މަޚްތޫމް
ކްރޯނާ ވައިރަސް - ރާއްޖެ
ކްރޯނާއަށް ސްކްރީން ކުރަން ވެލާނާ އެއަރޕޯޓުގައި ތަރމަލް ކެމެރާ ބޭނުންކުރަން ފަށައިފި
ކެމެރާތައް އިތުރުކޮށް ހުރިހާ އެންޓްރީ ޕޮއިންޓެއްގައި ސްކްރީން ކުރެވޭ ގޮތް ހަދާނެ
އައްޑޫގައި ވެސް ވަނީ ކެމެރާ ބެހެއްޓިފައި

ކްރޯނާ ވައިރަސްއަށް ސްކޭން ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރމަލް ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިއަދުން ފެށީގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާރމަލް ކެމެރާ ބޭނުންކުރަން ފަށާފައިވާ އިރު، އައްޑު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެސް ކެމެރާ ބޭނުންކުރަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ޕޯޓްސް ތަކުގައި އަދި ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓެއްގައި ތާރމަލް ކެމެރާ ބޭނުންކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ މިވަގުތު ބޭނުންކުރަމުން ދަނީ 1 ކެމެރާ ކަމަށާއި، ކުރިއަށް އޮތް 3 ވަރަކަށް ދުވަހުގެ ތެރޭގައި އެ އަދަދު 6 ކެމެރާއަށް އިތުރުކުރެވޭނެކަމަށެވެ. އަދި މިއީ ބޭރުން އަންނަ ފަރާތްތައް ސްކްރީން ކުރުމަށް ބޭނުންވާ އަދަދު ކަމަށާއި، އައިސޮލޭޝަންގެ ކަންކަން ވެސް އެއަރޕޯޓުގައި މިހާރު ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެވާ ހުރިހާ ޕޮއިންޓެއްގައި ވެސް ސްކްރީން ކުރުމުގެ މަސައްކަތް ތިނެއް ނުވަތަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ފެށިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހަ ކެމެރާ އެއީ އަޅުގަނޑުމެންނަށް ގިނަވެގެން އަޅުގަނޑުމެންނަސް ބޭނުންވާނެ ވަރު. ހަ ކެމެރާއިން މޮނިޓާކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެއާޕޯޓުން ހަމައެއާއެކީގައި އައްޑޫގައި އަދި ރާއްޖޭގެ އެންޓްރީ ހުރިހާ ޕޮއިންޓްއެއްގައި މޮނިޓާކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް އަޅުގަނޑުމެން ހަމަޖައްސަނީ،

މިނިސްޓަރު ވިދާޅުވީ ކްރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާ ވައިރަސް ޢާއިލާގެ އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ބައްޔެއްކަމުގައި ހޯދިފައިވާ ކަމަށެވެ.

ޗައިނާގައި މި އައުޓްބްރޭކްގައި ބަލިވި ގިނަ މީހުންނަކީ ސީފުޑް އާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެތަނަށް އެކި ކަންކަމުގައި ގޮސްފައިވާ މީހުން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް