ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 07:43
ކްރޯނާވައިރަސް އަށް ސްކޭން ކުރުމުގެ ކަންކަން އެކި ގައުމުތަކުގައި އަންނަނީ ކުރަމުން
ކްރޯނާވައިރަސް އަށް ސްކޭން ކުރުމުގެ ކަންކަން އެކި ގައުމުތަކުގައި އަންނަނީ ކުރަމުން
އަލްޖަޒީރާ
ކުޅިވަރު ފައިލް
ކޮރޯނާ ވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް އެމެރިކާ މީހެއްގެ ގައިން ފެނިއްޖެ
މިމީހާއަށް މިހާރު ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމަށާއި އެމީހާގެ ހާލަތު ރަނގަޅުކަމަށް އެމެރިކާގެ އޮފިޝަލުން ބުނޭ
އެމެރިކާ އަކީ ކްރޯނާވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ ގައުމު
ޗައިނާއިން މިހާތަނަށް މިވައިރަސްގެ އަސަރުކޮށްގެން 275 ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވޭ

ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ބުނެފި އެވެ.

ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީ ހުންނަ ޞަރަޙައްދަށް ދަތުރުކޮށްފައިވާ މިމީހާއަކީ އުމުރުން 30ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. މިމީހާއަށް މިހާރު ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމަށާއި އެމީހާގެ ޙާލަތު ރަނގަޅުކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

އެމެރިކާ އަކީ ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ ޤައުމެވެ. އެންމެ ފުރަތަމަ މި ވައިރަސްގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިަނީ ޗައިނާއިންނެވެ. އޭގެފަހުން ތައިލެންޑް، ޖަޕާން އަދި ސައުތު ކޮރެއާއިންވެސް މިވައިރަސްގެ އަސަރު ކޮށްފައިވާ މީހުންވަނީ ފެނިފައިވެއެވެ.

ޗައިނާއިން މިވައިރަސްގެ އަސަރު ފެންނަން ފެށުމާއެކު މިދިޔަ ހަފުތާގައި އެމެރިކާގެ ޞިއްޙީ އޮފިޝަލުންވަނީ ޗައިނާއިން އަންނަ ފަސިންޖަރުން އެމެރިކާގެ ތިން އެއަރޕޯޓެއްގައި މިބައްޔަށް ސްކްރީން ކުރަން ފަށާފަ އެވެ. އެމެރިކާގެ އިތުރުން އެހެން ޤައުމުތަކުންވެސް އަންނަނީ އެއަރޕޯޓްތަކުގައި ފަސިންޖަރުން ސްކްރީން ކުރުމުގެ ޕްރޮގުރާމުތައް ހިންގަމުންނެވެ.

މިވައިރަސްގެ އަސަރު ޗައިނާއިން ފެނިފައިވަނީ މިދިޔަ މަހު އެވެ. މިވައިރަސްގެ އަސަރު ފެނުމާއެކު ހުންއައިސް، ކެއްސާ ނޭވާލާން އުނދަގޫވެއެވެ. ޗައިނާއިން މިހާތަނަށް މިވައިރަސްގެ އަސަރުކޮށްގެން 275 ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ގިނަ ކޭސްތައް ފެނިފައިވަނީ ވުހާން އިންނެވެ.

އޮފިޝަލުން މީގެކުރިން ބުނެފައިވަނީ މިވައިރަސް އަކީ ޖަނަވާރުންގެ ކިބައިން ފެތުރެމުންދާ ވައިރަސް އެއް ކަމަށެވެ. ނަމަވެސް މިހަފްތާގައި ޗައިނާގެ އޮފިޝަލުން ވަނީ މިއީ އިންސާނުންގެ ގައިންވެސް ފެތުރެމުންދާ ވައިރަސް އެއް ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް