ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 07:33
ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ
ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ
ހުއިވަޔަރ.ކޮމް
ވަރުން ދަވަން
ވަރުންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް، ބައްޕަ ދަވަން ދޮގުކޮށްފި
އަހަރެން އަމިއްލައިން މީޑިއާތަކަށް ކައިވެނިކުރާ ތާރީހް އަންގާނަން: ޑޭވިޑް ދަވަން
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކައިވެނި ކުރަނީ މޭމަހު
ދޭތެރެ ދޭތެރެއިން އަޑުތައް ކައިވެނީގެ އަޑުތައް ފެތުރޭ

ބޮލީވުޑުގެ އެކްޓަރު ވަރުން ދަވަން އޭނާގެ ލޯބިވެރިޔާ ނަޝާތާ ދަލާލްއާ މި އަހަރުގެ މޭމަހު ކައިވެނިކުރަން އުޅޭ ވާހަކަ، ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ދޮގުކޮށްފިއެވެ.

މި ދެ ލޯބިވެރިން ކައިވެނި ކުރަން އުޅޭ ވާހަކަ އަކީ ދޭތެރެ ދޭތެރެއިން މީޑިއާތަކުން ރިޕޯޓުކުރާ ވާހަކަތަކެވެ. ހުސްވި އަހަރުވެސް މި ދެ ތަރިން ކައިވެނިކުރަން އުޅޭކަމަށް މިޑީއާގައި ދިޔައީ އެކި ގޮތް ގޮތައް ރިޕޯޓުކުރަމުންނެވެ.

އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ''ހިނިގަނޑެއް'' ޖަހާލަފައި ޑޭވިޑް ދަވަން ބުނީ، އޭނާ އަށްވުރެ ބޮޑަށް މީޑިއާތަކަށް އެނގޭހެން ހިވާ ކަމަށެވެ. އަދި މިހާރު މީޑިއާތަކުން ބުނާ ތާރީޚަކީ އެއީ ތެދު ހަޤީޤަތެއް ނޫން ކަމަށް ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރ ދަވަން ބުންޏެވެ. ދަވަން ބުނީ، ވަރުން ކައިވެނިކުރަން ތައްޔާރުވުމުން އޭނާ އަމިއްލައިން ނޫސްވެރިންނަށް އަންގާނެ ކަމަށެވެ.

އަހަރުތަކެއް ވަންދެން ވަރުން އާއި ނަތާޝާގެ ގުޅުން ސިއްރުކޮށްގެން އުޅުމަށްފަހު ފަހަކަށް އައިސް އެކިއެކި ޙަފުލާ ތަކުން ވަރުން އާއި ނަތާޝާ އެކުގައި ފެނިގެން ދާން ފެށުމުން އެކަމާއި ގުޅޭގޮތުން "ކޮފީ ވިތު ކަރަން" ގައި ކަރަންޖޯހަރު ކުރި ސުވާލަކަށް ޖަވާބުދެމުން ވަރުން ވަނީ އެ ދެމީހުން ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައެވެ.

އެ ޝޯވްގައި ކަރަން ވަނީ އޭނާ އާއި ނަތާޝާ ރައްޓެހިވެގެން އުޅޭ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާނެ ކަމަށް ބުނެފައެވެ.

ވަރުންގެ ޢާއިލާއާއި ނަތާޝާ އާއި ގާތް ގުޅުމެއް އޮންނަ ކަމަށާއި، ވަރުންގެ ޢާއިލާއަށް ނަތާޝާ ވަރަށް ކަމުދާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޢާއިލާ އެކުގައި ދާދިފަހުން އައު އަހަރު ފާހަގަ ކުރުމަށް ސްވިސްގެ ރިސޯޓަށް ވަރުންގެ ޢާއިލާ ދިޔައިރު ނަތާޝާވެސް ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ.

- ކޮމެންޓް