ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 07:35
ޗެހެރޭގެ ކާސްޓުން
ޗެހެރޭގެ ކާސްޓުން
ބޮލީވުޑް ލައިފް
ޗެހެރޭ
އަމީތާބާއި އިމްރާން ހާޝްމީ ފެނިގެންދާ ''ޗެހެރޭ'' ރިލީޒްކުރާ ތާރިހު ފަސްކޮށްފި
އަމީތާބް ފެނިގެންދާނީ ވަކީލެއްގެ ގޮތުން

މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ، އަމީތާބް ބައްޗަން އާއި އިމްރާން ޙާޝްމީ އެކުގައި ފެނިގެންދާ މިސްޓްރީ ތްރިލަރ ''ޗެހެރޭ'' ޖުލައި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ފިލްމަކީ އަމީތާބާއި އާނަންދު ޕަންޑިތް ޕްރޮޑިއުސްކޮށް، ރުމި ޖަފޭރީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން ''ޗެހެރޭ'' ރިލީޒްކުރާ ތާރިޚު ފަސްކުރަން ނިންމީ އަމީތާބުގެ ''ގުލާބޯ ސިތާބޯ'' ޕްރޮޑިއުސަރު ރޮނީ ލަހިރީއާ އެ ފިލްމުގެ ޑައިރެކްޓަރ ޝޫޖިތް ސިރްކާރްގެ އެދުމެއްގެ މަތިންނެވެ.

މި ފިލްމުގައި އަމީތާބު ފެނިގެންދާނީ ވަކީލެއްގެ ގޮތުގައެވެ. އަދި އިމްރާން ފެނިގެންދާނީ މުއްސަނދި ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. މިއި އަމީތާބާއި އިމްރާން އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

އިމްރާންގެ ފަހުގެ ފިލްމު ޗެހެރޭގެ މަސައްކަތްތައް ކުރިއަށްދާއިރު، އޭނާ އެންމެ ފަހުން ކުޅުނު ވައި ޗީޓް އިންޑިއާ ސިނަމާތަކަށް އަންނަން ރެޑީވެފައިވާ ކަމަށް ބޮލީވުޑުގެ ޚަބަރުތައް ބުނެއެވެ.

- ކޮމެންޓް