Advertisement
ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 22:09
ބްރައުޑް ވިޑޯއެއް
ބްރައުޑް ވިޑޯއެއް
ޕޯސްޓް.ހެލްތްލައިން.ކޮމް
ކ. މާފުށި
މާފުށިން ފެންނަނީ ބްރައުން ވިޑޯ: ކައުންސިލް
ބްރައުން ވިޑޯކަން ހެލްތުން ވަނީ ކަށަވަރު ކޮށްދީފައި: ކައުންސިލް
މުޅި ރަށް ބަލައިފާސްކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނި
އެތަކެތި އަންދާލަން ކައުންސިލުން އިލްތިމާސް ކޮށްފައިވޭ

ކ. މާފުށިން މިހާރު ފެންނަމުންދާ މަކުނަކީ، ''ބްރައުން ވިޑޯ'' ކަމަށާއި، އެއަށް ސަމާލުވާން އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެއީ ''ބްރައުން ވިޑޯ'' ކަން ހެލްތް މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އެކަމުން ސަލާމަތްވުމަށް ބޭނުންކުރެވޭނެ ކެމިކަލްއަކީ ކޮބައިތޯ ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީގެ ވެކްޓަރ ކޮންޓްރޯލް ޔުނިޓުން ބުނެފައިވާ ކަމަށް މާފުށި ކައުންސިލުން ބުންޏެވެ. ކައުންސިލްގެ ބަޔާނުގައި ބުނީ، ބްރައުން ވިޑޯ ބިސް ފެނިއްޖެނަމަ، އެ އެއްޗެއް ނަގައި ނައްތާލުމަށާއި އެއެއްޗެއް އަންދާލުން ނޫން ގޮތަށް ނައްތާނުލުމަށް ހެލްތުން އަންގާފައިވާ ކަމަށެވެ.

Advertisement

ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން މުޅި ރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ތައްޔާރުވަމުންދާއިރު، މީހުން ދިރިއުޅޭ ގޯތި ގެދޮރާއި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯބަލައި އެތަކެތި އަންދާލުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް