Advertisement
ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 21:04
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ފެނަކަ ކޯޕަރޭޝަން
ރަސްމާދޫ
ރަސްމާދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލުކޮށްފި
މި މަޝްރޫއަށް 5.5 މިލިއަން ރުފިޔާ ޚަރަދުވާނެ
13-09-2020 ވަނަ ދުވަހު ނިންމާ ހަވާލުކުރަންޖެހޭ

ރ. ރަސްމާދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ''ޓައިނީ ނީމޯ'' ކުންފުންޏާއެވެ.

މި އެއްބަސްވުމުގައި ފެނަކައި ކޯޕްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެއެވެ. ޓައިނީ ނީމޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުހައްމަދު ޝިޔާމްއެވެ.

Advertisement

މިމަސައްކަތް ޓައިނީ ނީމޯއާ ހަވާލުކޮށްފައިވަނީ 13-09-2020 ވަނަ ދުވަހު ނިންމާ ހަވާލުކުރަންޖެހޭ ގޮތަށްށެވެ. އަދި އަމަލީ މަސައްކަތް މިމަހުގެ 27 ގައި ފަށަންޖެހެއެވެ.

މި މަޝްރޫޢަށް 5.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް