Advertisement
ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 19:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެންވަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެންވަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
މޯލްޑިވްސް ކްލައިމެޓް ޗޭންޖް ސްޓްރެޓެޖީ
ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީ ސްޓްރެޓަޖީއާ ގުޅޭގޮތުން ރައީސް ނަޝީދު، ޝާހިދު އަދި ޑރ. ހުސައިން މަޝްވަރާކޮށްފި
އެ ސްޓްރެޓެޖީތަކަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތެއް
ކޮޕް 26 އަށް ރާއްޖެއިން އަމާޒުތައް ކަނޑައެޅިގެންދާނެ ކަމަށް ވެސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެންވަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައި މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީ ސްޓްރެޓްޖީއާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ މަޖިލީހުގެ ރައީސް އާއި އެންވަރަމެންޓް މިނިސްޓަރާއި އެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީ ސްޓްރެޓްޖީއާއި ގުޅޭގޮތުން މަޝްވަރާކުރެވުމުން އުފާކުރައްވާކަމަށެވެ. އަދި އެ ސްޓްރެޓެޖީތަކަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު، ކޮޕް 26 އަށް ރާއްޖެއިން އަމާޒުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

Advertisement

މިނިސްޓަރ ޑރ ހަސަން ރަޝީދު ވަނީ ކޮޕް 25 ގައި ވެސް ތަގުރީރުކުރައްވާފައެވެ. ކޮޕް 25 ގައި މިނިސްޓަރ ވަނީ ތިމާވެށި ރައްކާތެރިކުރަން މާލީ ގޮތުން ލިބޭ އެހީތެރިކަން ވަރަށް ކުޑަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޕެރިސް އެގްރީމެންޓްގެ ހަގީގީ ފައިދާއެއް ވާނީ ބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން އިތުރުވެގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވަނީ ތިމާވެއްޓަށް ދިމާވެފައިވާ މި ބޮޑު މައްސައަށް ހައްލެއް ގެނައުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ބާރު ގަދަ ގައުމުތަކަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް