ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 09:09
ރެޑްވޭވުން ތައާރަފުކޮށްފައިވާ ޝާރޕް ބްރޭންޑްގެ ޕްރޮޑަކްޓެއް
ރެޑްވޭވުން ތައާރަފުކޮށްފައިވާ ޝާރޕް ބްރޭންޑްގެ ޕްރޮޑަކްޓެއް
ރެޑްވޭވް
ރެޑްވޭވް
ރެޑްވޭވުން ޝާރޕްގެ މުޅިން އައު އައިޓަމްސްތަކެއް ތައާރަފުކޮށްފި
ޝާރޕްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރޝިޕް ރެޑްވޭވުން ނަގާފައިވޭ

ރެޑްވޭވުން ޝާރޕުގެ މުޅިން އައު އައިޓަމްސްތަކެއް ތަޢާރަފުކޮށްފިއެވެ.

ޝާރޕްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕާއިއެކު ރެޑްވޭވުން ވަނީ ޝާރޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިން މީގެކުރިންވެސް ރާއްޖޭގެ މާރކެޓަށް ތަޢާރަފުކޮށްފައެވެ.

އެގޮތުން މިފަހަރު ތަޢާރަފުކޮށްފައިވާ ރޭންޖުތަކުގެ ތެރޭގައި އިސްތިރި، ވެކިއުމް ކްލީނަރ، ފެން ކައްކާ ޖަގު، ރައިސް ކުކަރ، އައިސްއަލަމާރީގެ އާ ރޭންޖުތައް، ޝަވަރ ހީޓަރ، ދޮންނަމެޝިން، މިކްސަރ، އަވަން، މައިކްރޯވޭވް އަވަން، އެއަރ ޕިއުރިފަޔަރ އަދި އެއަރ ކޫލަރ ހިމެނެއެވެ. އަދި މީގެ އިތުރުން ހޯމްތިއޭޓަރގެ 5 ވައްތަރެއް ވަނީ ތަޢާރަފުކުރެވިފައެވެ.

ރެޑްވޭވުން ބުނީ މިފަހަރު ތަޢާރަފު ކުރެވުނު އައިޓަމްތަކުން އެންމެ ޚާއްޞަވަނީ ޖަޕާނުން ދުނިޔެއަށް އިންޤިލާބެއް ގެނެސްދީފައިވާ، "ޕްލާޒްމަރ ކްލަސްޓަރ އިއޯން ޓެކްނޮލޮޖީ" ހިމެނޭ ވައި ސާފުކޮށްދޭ އެއަރ ޕިއުރިފަޔަރ އާއި ހަމަ މި ޓެކްނޮލޮޖީ ހިމެނިގެންދާ އައިސް އަލަމާރި ކަމަށެވެ. އެގޮތުން ޝާރޕް އެއަރ ޕިއުރިފަޔަރއަކީ މުޅި ދުނިޔެއަށް 80 މިލިއަނަށްވުރެ ގިނަ ޔުނިޓު ވިއްކާފައިވާ، އަދި ޖަޕާނާއި އާސިޔާނުގެ ޤައުމުތަކުން 1 ވަނަ އެއަރޕިޔުރިފަރ ބްރޭންޑެވެ.

ޝާރޕް އެއަރ ޕިޔުރިފަޔަރ އިން %99 ބެކްޓީރިއާ އަދި ވައިރަސް، "އެއަރބޯން މޯލްޑް" އަދި ވަސް ނައްތާލަދެއެވެ. އަދި މީގައިވާ "ޓްރޫ ހެޕަރ ފިލްޓަރ" އިން އެލަރޖީ މެދުވެރިކުރުވާ މާއްދާތައް، ހިރަފުސް، ދުން އަދި ޖަނަވާރުގެ ސަބަބުން އުފެދިދާނެފަދަ ޖަރާސީމް ނައްތާލަދެއެވެ. ޝާރޕްގެ އެއަރ ޕިއުރިފަޔާރ ގެ ދެ ރޭންޖެއްގައި މަދިރި ހިފުމަށް ޚާއްޞަ "މޮސްކިޓޯ ކެޗަރ" ހިމެނިގެންވެއެވެ.

ރެޑްވޭވުން ބުނީ ޝާރޕް ރެޑްވޭވުން ލިބޭނީ ސަރވިސް ވޮރަންޓީއާއި އެކުގައި ކަަމަށާއި، ސަރވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓީމުން ކަމަށެވެ. ޝާރޕްގެ މި ޕްރޮޑަކްޓްތަކަކީ، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕް ގެ ދަށުން ހަމައެކަނި ރެޑްވޭވުން ލިބޭނެ ޙާއްޞަ އެކްސްކުލޫސިވް ރޭންޖުތައް ކަމަށް ރެޑްވޭވުން މަޢުލޫމާތުދެއެވެ.

- ކޮމެންޓް