Advertisement
ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:37
ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހަސަން ޝިޔާމް
ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހަސަން ޝިޔާމް
ރާއްޖެއެމްވީ
ފަލަސުރުހީ
ހުރިހާ އެންމެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީން ކުރާނެ: ހެލްތު މިނިސްޓްރީ
ވެކްސިނޭޝަން ޕްރޮގްރާމް ހިންގާނީ ބިދޭސީންވެސް ހިމެނޭ ގޮތަށް
ގައުމީ ފެންވަރެއްގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިނިސްޓަރ އަބްދުﷲ އަމީންއާއި ސަރުކާރުން ވަނީ ނިންމާފަ
ވެކްސިން ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން

ގައުމީ ފެންވަރުގައި ވެކްސިން ޕްރޮގްރާމް ފަށާނެ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތެއްވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީން ކުރާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހަސަން ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މީސަލްސް ނުވަތަ ހިމަބިއްސަށް ސްކްރީންކުރާނެ ސެންޓަރަކާއި، ހިމަބިހީގެ ވެކްސިން ދިނުމަށް ގާއިމު ކުރި ސެންޓަރަށް އަލިއަޅުއްވާލައްވާ ޝިޔާމް ވިދާޅުވީ ގައުމީ ފެންވަރެއްގައި، ބިދޭސީންވެސް ހިމެނޭގޮތަށް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ހިންގުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ޑަބްލިއުއެޗްއޯއާއި ޔުނިސެފްއާއި ގުޅިގެން ރާއްޖެއަށް ވެކްސިން އެތެރެކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ދާދި އަވަހަށް ގައުމީ ފެންވަރުގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންގޮސް، ރާއްޖޭގައި ދެ ޑޯޒް ފުރިހަމަކޮށްފައި ހުރިކަން ޔަގީން ކުރާނެ ކަމަށެވެ.

ސާމްޕްލްތައް ޑަބްލިއުއެޗްއޯގެ ފަރާތުން މިހާރު މިދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ސާމްޕަލްތައް ނަގާ، ވެކްސިނޭޝަންތައް ފުރިހަމަކޮށްފައިތިބި ފަރާތްތަކަކީ ކޮބާތޯ، އަދި އެ ފަރާތްތައް ފުރިހަމަނުކޮށް ހުރެއްޖެނަމަ ވެކްސިން ދިނުމުގެ މަސައްކަތްތައް ވެސް އެކި ގްރޫޕްތަކަށް ބެހިގެން ކުރިއަށް ގެންދަނީ މިހާރު
ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހަސަން ޝިޔާމް

ސްކޫލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް މިހާރު ވެސް ވެކްސިން ފުރިހަމަ ނުކޮށް، ތިބި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ހުރިހާ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތާގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާއިވާއިރު، ރަށްރަށުގައި ތިބި މީސަލްސް ގެ ދެ ޑޯޒް ހަމަނުވާ 18 އަހަރުން ދަށުގެ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތްވެސް ހެލްތު މިނިސްޓްރީން ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް