Advertisement
ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:11
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ފާތިމަތު ޝަނާ މުހައްމަދު
މޯލްޑިވްސް ޕޮލިސް ސަރވިސް
އަނެއްކާވެސް ކުޑަކުއްޖަކާ ބެހުނު މައްސަލައެއް، ކުއްޖާއާއި ބެހުނީ 80 އަހަރުގެ ފިރިހެނެއް
ޖިންސީ އަނިޔާ ލިބިފައިވަނީ 12 އަހަރުގެ އަންހެން ކުއްޖަކަށް
ޖިންސީ އަނިޔާ ކުރި މީހާ ވަނީ ހައްޔަރުކޮށްފައި

އަނެއްކާވެސް 12 އަހަރުގެ އަންހެން ކުއްޖަކަށް 80 އަހަރުގެ ފިރިހެނެއް ޖިންސީ ގޯނާ ކުރި މައްސައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ޖެނުއަރީ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އަދި މި މައްސަލައިގައި އެ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސަރވިސް އިން ވަރަށް ސީރިއަސް ކޮށް ބަލާނެ މައްސަލަތަކެއް ކަމަށެވެ. އަދި ކުއްޖާގެ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި އެ ސަަރވިސް އިން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 23:54
މުހަންމަދު
ކުޑަކުދިން ނާބެހޭ ހުރިހާ މުސްކުޅިން ނާބެހޭ ޙުރިހާ މީހުން ނައް ސަރުކާރުން ދޭ 5000 ރު ފިޔާ ދިނުން ހުއްޓާލާ