Advertisement
ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 21:27
އެމްޑީއެންއިން ނެރުނު ރިޕޯޓު އަދި ޖަމިއްޔާގެ އިސްކޮށް އުޅުއްވާ ޝަހިންދާ އިސްމާއިލް
އެމްޑީއެންއިން ނެރުނު ރިޕޯޓު އަދި ޖަމިއްޔާގެ އިސްކޮށް އުޅުއްވާ ޝަހިންދާ އިސްމާއިލް
އަވަސް.އެމްވީ
އެމްޑީއެން
އެމްޑީއެންގެ އެކައުންޓުގައި ހުރި ފައިސާ ޑެފް އެސޯސިއޭޝަނަށް!
އެމްޑީއެންގެ ފައިސާތައް ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓެއްގައި
އެމްޑީއެން އުވާލުމަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި
މިއީ ޖަމިއްޔާތަކުގެ ގާނޫނުން ހުއްދަކުރާ ކަމެއް

ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކް(އެމްޑީއެން) ގެ އެކައުންޓުގައި ހުރި ފައިސާ ޑެފް އެސޯސިއޭޝަނަށް ދީފިކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އެމްޑީއިން އުވާލަން ނިންމުމާއެކު ސްޓޭޓް ބޭންކް އޮފް އިންޑިއާ(އެސްބީއައި) ގައި އެމްޑީއެންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ހުރީ ފްރީޒް ކޮށްފައެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން އެމްޑީއެން އުވާލުމަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ. އެމްޑީއެން އުވާލުމަށް ނިންމައި، އެ ޖަމިއްޔާގެ ދަރަންޏާއި މުދަލާއި ގުޅޭގޮތުން އަމަލުކުރި ގޮތުގެ ތަފްސީލު ހުށަހަޅަން ދިން 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ވަކި އެއްޗެއް އެ ޖަމިއްޔާއިން އަންގާފައިނުވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އެ މުއްދަތު ހަމަވީ ޑިސެމްބަރު 19 ވަނަ ދުވަހުއެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްބީއައިގައި އެމްޑީއެންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުރި ފައިސާ ޖަމާކޮށްފައިވަނީ ޑެފް އެސޯސިއޭޝަނަށެވެ. ޖަމިއްޔާތަކާއިބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން ޖަމިއްޔާއެއްގެ ދަރަންޏާއި މުދަލާއި ގުޅޭގޮތުން އަމަލުކުރި ގޮތުގެ ތަފްސީލު ހުށަހަޅަންދޭ މުއްދަތުގައި އެއާމެދު އަމަލުކުރި ގޮތެއް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް އަންގާފައިނުވާނަމަ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް އުވާލެވޭ ޖަމިއްޔާއަކަށް މުދަލާއި ފައިސާ ބަދަލުކުރުމުގެ އިޚްތިޔާރު ރަޖިސްޓްރާއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އެމްޑީއިން އުވާލަން ނިންމީ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގާއި އިސްލާމިކް މިނިސްޓްރީއިން ކުރި ދިރާސާއިން އެ ރިޕޯޓުގައި ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން އެ މިނިސްޓްރީއަށް އެންގުމުންނެވެ.

އެމްޑީއެން އުވާލުމަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުން ކަހަލަ ގޮތަކަށް ގޮވާލިއިރު، އެމްޑީއެން އުވާލުމާއެކު ގިނަ ބައެއްގެ ތައުރީފު ސަރުކާރަށް ވަނީ ލިބިފައެވެ. ނަމަވެސް، ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް