Advertisement
ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 18:08
ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
ޕާކިސްތާނު ސަފީރު، ރައީސް އަރިހަށް ވަދާޢީ ޒިޔާރާތް ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި
އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވޭ
ރާއްޖޭގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރަން: ސަފީރު

ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު, ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރާތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު ގައި އޮތް އަޚުވަންތަ ގުޅުން ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ސަފީރު ވަސީމް އަކްރަމްގެ ސަފީރުކަމުގެ ދައުރުގައި ތަޢުލީމީ، ޞިއްޙީ، އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، ރައީސް ވަނީ އެމަނިކުފާނާއި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ސަފީރުގެ ހައިޞިއްޔަތުން ރާއްޖޭގައި ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާ ކުރައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި ރައީސްއާއި ޕާކިސްތާނުގެ ސަފީރުވަނީ އެކުވެރި މުސްލިމް ދެ ޤައުމުގެ ގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް