Advertisement
ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 13:22
މާލެއަށް ފެރީ ފުރާ ސަރަހައްދު
މާލެއަށް ފެރީ ފުރާ ސަރަހައްދު
ޓްވިޓަރ
އެއަރޕޯޓް
އެއަރޕޯޓް ފެރީ ކައުންޓަރު ޓެކްސީ ކިއު ސަރަހައްދަށް
މިބަދަލު ގެންނަނީ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އަށް ބެލުމަށްފަހު ފަސޭހަކޮށްދިނުމުގެ ގޮތުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ފެރީ ކައުންޓަރ ޓެކްސީ ކިޔު ހުންނަ ޞަރަޙައްދަށް ބަދަލުކޮށްފި އެވެ.

Advertisement

އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިބަދަލު ގެންނަނީ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އަށް ބެލުމަށްފަހު ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.

މިބަދަލު ގެނައުމުގެ ކުރިން ފެރީ ކައުންޓަރު ހުންނަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާރމިނަލް ކުރިމަތީގައެެވެ.

ސިނަމާލެ ބްރިޖު އެޅުމާއެކު އެއަރޕޯޓްގެ ވަކި ޞަރަޙަދެއްވަނީ ޓެކްސީ ކިޔުއަށް ޚާއްޞަކޮށްފައެވެ. އަދި ޓެކްސީއަށް އެރުމަށާއި ޓެކްސީން ފޭބުމަށް ވަކި ތަންތަނެއް ފާހަގަކޮށްފައި ހުރެއެވެ. ބްރިޖު އައުމާއެކު ފެރީން ދަތުރުކުރާ މީހުންގެ ޢަދަދުވެސް ވަނީ މަދުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
19 ޖެނުއަރީ 2020 | އާދީއްތަ 14:57
ޒަބަރުޖުދު
ފެރީ އަށްވުރެ ހެޔޮއަގުގަ އި ކާރުގަ އި ދެވޭތީ ފެރީ އަށް އަރާ މީހުން މަދުވޭ