Advertisement
ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 11:32
އއ މާޅޮސް
އއ މާޅޮސް
ޓްވިޓަރ
ފަތުރުވެރިން
ޑައިވިންގ އަށް ގޮސްގެން އުޅުނު ޖަރުމަނު މީހަކު މަރުވެއްޖެ
މިމީހާއަކީ އއ މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވަން އަށް ދިޔަ މީހެއް
އއ މާޅޮސް ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނޭ

ޑައިވިން އަށް ދިޔަ ޖަރުމަނުގެ އަންހެނަކު މަރުވެގެން އެ މައްސަލަ ތަހުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އއ މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިންގ އަށް ދިޔަ 71 އަހަރުގެ ޖަރުމަނު އަންހެނަކު މަރުވެފައިވާކަމުގެ މަޢުލޫމާތު އާދިއްތަ ދުވަހު ހެނދުނު 8:45 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

Advertisement

މިމީހާ އއ މާޅޮސް ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މަޢުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް