Advertisement
ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 08:33
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ގޫގުލް
ޖޭޕީ
ކުޑަކުއްޖާ ރޭޕްކުރި މީހުންނަށް ހައްގުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޖޭޕީން ގޮވާލައިފި
އެފަދަ އަމަލު ހިންގާ މީހުން ދިވެހި އިސްލާމީ މުޖުތަމައުގައި މަދުންނަމަވެސް އުޅޭ ކަމީ އެ ޕާޓީން ހިތާމަކުރާ ކަމެއް: ޖޭޕީ
އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ޖޭޕީން ގޮވާލާފައިވޭ
އަދި އެއަމަލު ހިންގި ފަރާތްތަކަށް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލާފައިވޭ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މީހުންނަށް ޙައްޤުވާ އެންމެ ހަރުކަށި ޢަދަބު ދިނުމަށް ޖުމްހޫރީ ޕާޓީން (ޖޭޕީ)އިން ގޮވާލައިފިއެވެ.

ރަހުމު ކުޑަ ގޮތަކަށް ދެ އަހަރު ނުވާ ކުއްޖާ ރޭޕް ކުރުމާއި ގުޅިގެން އެ ޕާޓީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ އެ ތުއްތު ކުއްޖަކަށް ޢާއިލާގެ ޒިންމާދާރު މަޤާމުތަކުގައި ތިބި ކުއްޖާގެ ބައްޕަ ހިމެނޭ ގޮތަށް ޖިންސީ ގޯނާކޮށް، ރޭޕް ކުރި މައްސަލައިގެ ޚަބަރު އެ ޕާޓީން އެހީ ނުހަނު ހިތާމައާއެކު ކަމަށެވެ.

ކަންބޮޑުވުންފާޅުކޮށް އެޕާާޓީން ބުނީ އެފަދަ ލާއިންސާނީ ޢަމަލު ހިންގާ މީހުން ދިވެހި އިސްލާމީ މުޖުތަމަޢުގައި މަދުން ނަމަވެސް އުޅޭ ކަމީ، އެ ޕާޓީން ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ޢައިލާގެ ޒިންމާދާރު މަޤާމުތަކުގައި ތިބެ ކުދިންނަށް ދޭންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ އެފަދަ ފަރާތްތަކުން ކުރާ ހަޑި މުޑުދާރު ޢަމަލުތަކުން ޝިކާރައަކަށްވާ ކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ޖޭޕީން ގޮވާލާފައިވެއެވެ.

Advertisement

އަދި އެ ޢަމަލު ހިންގި ފަރާތްތަކަށް ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކޮށް ޝަރުޢީ މަރުޙަލާތައް އަވަސްކޮށް، ޙައްޤުވާ އެންމެ ހަރުކަށި ޢަދަބު ދިނުމަށް ޖޭޕީން ވަނީ ގޮވާލާފައެވެ.

ކަނޑުހުޅުދޫގެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނި ކާފައެވެ. އެ ތިން މީހުންވެސް ހުކުރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް