Advertisement
ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 23:53
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކުއްޖާގެ ކާފައާއި މުނިކާފަ
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކުއްޖާގެ ކާފައާއި މުނިކާފަ
ޓްވިޓަރ
ކަނޑުހުޅުދޫ ރޭޕް މައްސަލަ
މިއަދު ހައްޔަރު ކުރި ކާފައާއި މުނިކާފަގެ ބަންދުގެ މުއްދަތު ޖަހައިފި
އެދެމީހުންގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަސް ޖަހާފައި
އެމީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު

ގއ. ކަނޑުހުޅުދޫގައި އާއިލާ މީހުންތަކެއް ވެގެން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު ހައްތޔަރު ކުރި 62 އަހަރުގެ ފިރިހެން މީހާއާއި 81 އހަރުގެ ފިރިހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުންއެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފައެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅިގެން ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް އުޅެނިކޮށް އެކުއްޖާގެ ބޮޑުދައިތައެއް އެ ކުއްޖާ ބަލަން ގެންދަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި އެ ކުއްޖާގެ ބޮޑުދައިތަ އޭނަ ރީތިކުރަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާކަމަށް ބުނުމުން، އަނިޔާ ލިބިފައިހުރި ކަމުގެ ނިޝާންތައް ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ކުއްޖާއަށް ބޮޑެތި ހާނިކަ ވެފައިވާ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް