Advertisement
ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 08:43
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއި (ކ)
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއި (ކ)
ރައްޔިތުންގެ މަޖިލިސް
މުހައްމަދު ރާއި
ކުއްޖާގެ މައްސަލާގައި އަޅާ ފިޔަވަޅަކީ އިބްރަތަކަށް ވާން ޖެހޭނެ: ރާއީ
މައްސަލާ ގައި ހިމެނޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ނިންމާފައި
ރައްޔިތުން ގޮވާލަމުންދަނީ އެކަން ކުރި މީހުން ދަންޖައްސަން
ތިން ބަފައިންވެސް ވަނީ، ހައްޔަރު ކޮށްފައި

ޖިންސީ އަނިޔާގެ ޝިކާރާއަކަށްވި ޢުމުރުން ދެ އަހަރުގެ ކުއްޖާގެ މައްސަލާގައި ސަރުކާރުން އަޅާ ފިޔަވަޅަކީ ދެން އެފަދަ ކަންތައްތައް ހިންގާ ފަރާތްތަކަށް ޢިބްރަތެއް ލިބިގެންދާނެ ހަރުކަށި ފިޔަވަޅަކަށް ވާން ޖެހެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ރާއި ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރާއި އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މީހުންނަކީ އިންސާނުންގެ ސިފާގައި ތިބި ވަލު ޖަނަވާރުން ކަމަށާއި، އެކަމަގައި ކޮމިޓީ އަށް ގެންނަން ޖެހޭ ފަރާތްތަށް ގެނެސް ޝާމިލުވާ މީހުންނަށް ވީހާވެސް އަވަހަށް ހަރުކަށި ޢަދަބުދޭން ޖެހޭ ކަމަށެވެ.

Advertisement

ރާއީ ވިދާޅުވީ، ކަނޑުހުޅުދޫގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިނގަމުންދާކަން ކޮންމެވެސް ބަޔަކަށް އެނގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަކުގައި އިހުމާލުވާ މުއައްސަސާއެއް ސަލާމަތްކުރާން ކޮމިޓީން ނުވަތަ މަޖިލީހުން މަސައްކަތް ނުކުރާނެ ކަމަށެވެ.

ކުއްޖާ ''ރޭޕްކުރި'' މީހުންނަށް ހަރުކަށި ޢަދަބު ދޭންޖެހޭ ކަމަށް ރާއީ ވިދާޅުވެފައިވާއިރު. އެ މައްސަލާގައި ޝަމިލުވާ ފަރާތްތައް ދަންޖައްސާލަން ގޮވާލަމުންދާ އަޑުވަނީ ގަދަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް