Advertisement
ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 07:01
ކޮންޓްރޯލުން ނައްޓައިގެން ޕާކްތެރެއަށް ވެއްޓުނު ކާރު
ކޮންޓްރޯލުން ނައްޓައިގެން ޕާކްތެރެއަށް ވެއްޓުނު ކާރު
ސޯޝަލް މީޑިއާ
އެކްސިޑެންޓް
ބުރިޖް ކައިރިން ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވޭ

ބާރު ސްޕީޑުގައި ބުރިޖަށް އަރަންދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ހުދުކުލައިގެ ކާރު އެކްސިޑެންޓް ވެފައިވަނީ މާލެކޮޅުން ބުރިޖަށް އަރަން ދިޔަ ބާރުމިނުގައި ކޮންޓްރޯލް ނުވެގެން ގޮސް ބުރިޖަށް އަރަން އޮންނަ ދިމާލުން ޕާކް ތެރެއަށް ވެއްޓިގެންނެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވާއިރު ލޮނުޒިޔާރާތްކޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރަމުން އަންނަ "ޖަޒީރާ ޕާކް" ގެ ފެންސް ވަނީ ހަލާކުވެފައެވެ. މި ހާދިސާގައި ކާރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

Advertisement

މިހާތަނަށް މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އެއްޗެއް ބުނެފައި ނުވާ އިރު، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

ދާދި ފަހުން ބުރިޖުން ފައިބާ ދިމާލުގައި ވެސް ކާރުތަކެއް މުޑިއަރައިގެން ބޮޑު އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ އިރު އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް