ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 21:42
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒްއާއެކު މުހައްމަދު އިބްރާހިމް މަނިކު (ކ)
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒްއާއެކު މުހައްމަދު އިބްރާހިމް މަނިކު (ކ)
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީ: މަނިކު އިންތިޚާބު ކޮމިޓީގެ މަސައްކަތުން ތަނާޒުލުވެވަޑައިގެންފި
އިންތިޚާބުގެ މަސައްކަތް ކުރާނީ މުގައްރިރުގެ ނައިބް މުއިއްޒު
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު ވަނީ އާންމުކޮށްފައި
ކެންޕޭންގެ މަސައްކަތް ވަނީ ފަށާފައި

އެމްޑީޕީގެ އިލެކްޝަން ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު އިންތިޚާބުގެ މަސައްކަތުން ތަނާޒުލުވެ ވަޑައިގެންފިއެވެ.

އެމްޑީޕީން ބުނީ އެމްޑީޕީ އިލެކްޝަން ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވަނީ 31 ޖެނުއަރީ 2020 ގައި އޮންނަ އެޕާޓީގެ ކައުންސިލް ޕްރައިމަރީ އިންތިޚާބުގެ މަސައްކަތުން ބުރާސްފަތި ދުވަހުން ފެށިގެން ތަނާޒުލުވެ ވަޑައިގެންފައިވާ ކަމަށެވެ.

އިންތިޚާބުގެ މަސައްކަތް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދަވާނީ މުގައްރިރުގެ ނައިބް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓު ވަނީ އާންމުކޮށްފައެވެ. އެމްޑީޕީ ޕްރައިމަރީ މިމަހު ބާއްވާއިރު އެމްޑީޕީން މިހާރުވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށާފަ އެވެ.

މިމަހުގެ 12ވީ އާދިއްތަ ދުވަހު އެމްޑީޕީން ވަނީ "އެޖެންޑާ 19 ރަށަށް، ތިލަދުންމަތީ ދަތުރު" ނަމުގައި ކެންޕޭން ދަތުރެއް ގޮސްފައެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީގެ އިސް މަސްއޫލުވެރިންނާއި، ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި، ޕާޓީގެ ޢާންމު މެންބަރުން ބައިވެރިވި މި ދަތުރު ނިންމާލުމަށްފަހު ބައިވެރިން އެންބުރި މާލެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 ގައެވެ.

- ކޮމެންޓް