Advertisement
ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 15:53
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ގޫގުލް
ޖޭއެސްސީ
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެެޓީއެއް އެކުލަވާލައިފި
ޝުޖާއުއަކީ ރައީސް ޔާމީނާއި ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވާ ބޭފުޅެއްކަމަށްވޭ
ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި
އިތުރު ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އެ ތަހުގީގު ކޮމެޓީން ބެލުމަށް ވަނީ ނިންމާފައި

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި، އެމައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ބުރާސްފަތި ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނަށް ހުށަހެޅޭ މައްސަލަ މެލުމާމެދު ގޮތެއް ނިންމައި، ކޮމެޓީއިން ބެލުމަށްފަހު، ބުދަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމަށް ތާވަލް ކުރެވުނު މައްސަލަތަކުގެ ތެރެއިން، އެކޮމެޓީން ބަލައިގަތުމަށް ނިންމާފައިވާ މައްސަލަތަކަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލެވުނު ކަމަށެވެ.

ޖޭއެސްސީގެ އެ ތަހުގީގު ކޮމެޓީން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން، ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް ހިމެނޭއިރު، ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބުގެ މައްސަލައެއްވެސް ހިމެނެއެވެ. އެމައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު އުސްމާން ހަމަޖައްސަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ 15 އޮގަސްޓް 2018 ގަ އެވެ.

Advertisement

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު ހަމަޖެއްސީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުންނެވެ. ނަމަވެސް އަބްދުﷲ ދީދީ ވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރައްވާފަ އެވެ.

ފަނޑިޔާރު ޝުޖާއު އާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ރައީސް ޔާމީނާއި، އަމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވާކަމުގެ ތުހުމަތު ކުރެވޭ ދެ ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންދަނީ ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް