Advertisement
ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 07:06
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގް މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ދައުލަތުން މާލީ އެހީދޭ ފަރާތްތަކުގެ މަޢުލުމާތު ހައުސިން މިނިސްޓްރީއާ ހިއްސާ ކުރުމަށް އެންސްޕާއިން އެއްބަސްވެއްޖެ
މައުލޫމާތުތައް މަގޭ ހިޔާވެހި އޮންލައިން ޕޯޓަލްއަށް ލިބޭނެ
ޕޯޓަލްގެ ބޭނުމަށް ފިޔަވައި އެހެން ކަމަކަށް އެމައުލޫމާތުތައް ބޭނުން ނުކުރެވޭނެ
ސިއްރު ހިފަހައްޓާނެ

ދައުލަތުން އެކި ބާވަތުގެ މާލީ އެހީ ފޯރުކޮށްދޭ ވަކި ވަކި ފަރުދުންގެ މަޢުލޫމާތު ޙިއްސާކުރުމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ނެޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމާގުޅޭ ނޮން-ޑިސްކްލޯޝަރ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ރުގިއްޔާ މުޙައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެންސްޕާ މެދުވެރިކޮށް ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީއާއި ހިއްސާކުރަން ހަމަޖެހިފައިވަނީ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށެވެ. އަދި އެންސްޕާއިން ފޯރުކޮށްދޭ މަޢުލޫމާތު މަގޭ ހިޔާވެހި އޮންލައިން ޕޯޓަލްގެ ބޭނުމަށް ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރާނެކަމަށް އެއްބަސްވުމުގައިވެއެވެ. ހަމައެއާއެކު މަޢުލޫމާތުތަކުގެ ސިއްރު ހިފަހައްޓައި އިތުރު ފަރާތަކާއި އެ މަޢުލޫމާތު ހިއްސާ ނުކުރުމަށްވެސް ދެ މުއައްސަސާއިން ވަނީ އެއްބަސްވެފައެވެ.

Advertisement

މިއެއްބަސްވުމުގެ ދަށުން ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް ފޯރުކޮށްދޭ އާންމު ފަރުދުންގެ މަޢުލޫމާތާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންނާއި ބެހޭ މަޢުލޫމާތާއި، ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ މަޢުލޫމާތާއި، ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެވޭ ފަރާތްތަކުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންސްޕާއިން މިމަޢުލޫމާތުތައް ހައުސިންގ މިނިސްޓްރީއަށް ފޯރުކޮށްދެނީ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް އެކަމަށް ޚާއްޞަ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ. އަދި އެންސްޕާ އިން ފޯރުކޮށްދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން، ޕޯޓަލްގައި ރަޖިސްޓަރީ ވާއިރު ސިއްރު ހިފަހައްޓާނެކަމަށް އެއްބަސްވާންޖެހެއެވެ.

"މަގޭ ހިޔާވެހި" ޕޯޓަލްގައި މިހާތަނަށް 9700 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެއެވެ. ކުރިއަށް އޮތް ހައުސިންގ ސްކީމްތަކަށް "މަގޭ ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ގެދޮރުވެރިކަމަށް އެދެވޭނެއެވެ. މިޕޯޓަލްގެ ދަށުން ކިއުގައި ނުޖެހި ހައުސިންގ ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް