Advertisement
ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 18:05
ތިލަދުންމަތީ އިރުވައި ކޮންފަރެންސް
ތިލަދުންމަތީ އިރުވައި ކޮންފަރެންސް
ޔޫސުފް ސޮފްވާން ރަޝީދު
އިރުވައި ކޮންފަރެންސް
އެޖެންޑާ19 ރަށަށް: ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ނިންމާލައިފި
މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސް ސާލިޙު
ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް
މި ކޮންފަރެންސްގައި ހއ. އަދި ހދ. ގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވަނީ ބައިވެރިވެފައި

ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ނިންމާލައިފިއެވެ.

ހއ އަދި ހދ އަތޮޅުގަ، އެމްޑިޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި، އެދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވި މި ކޮންފަރެންސް ކުރިއަށް ގެންގެންގޮސަފައިވަނީ ބުދަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުޅުދިއްފުށި ސިޓީގެ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ތިން ސެޝަނަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރުވައި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ލާމަރުކަޒީ ޤާނޫނާއި، މިއަހަރުގެ ބަޖެޓުގެ ޚުލާސާއެއް ކޮންފަރެންސްގެ ބައިވެރިންނަށް ދީފައިވެއެވެ.

އަދި ބައިވެރިންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާ،އި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ދައުލަތުގެ ވަޒީރުން ވަނީ ޖަވާބު ދެއްވާފައެވެ. ދެވަނަ ސެޝަނުގައި ރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުވާނެ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނެއް ދެއްވާފައިވެއެވެ.

އަދި ކޮންފަރެންސްގެ ބައިވެރިން ވަނީ، މި ދަތުރުގައި ބައިވެރިވާ ހުރިހާ މަޖިލިސް މެންބަރުންނާއި، އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރުންނާއި، ސަރުކަރު ޙިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން ހިމެނޭ ގޮތަށް ހަ ޓީމަކަށް ބަހާލާ، ރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުކުރެވޭނެ ގޮތްތަކާއި، ސަރުކާރުގެ ވަޢުދުތަކާއި ގުޅޭ ގޮތުން ޓީމުތަކުން މަޝްވަރާކޮށްފައިވެއެވެ. އެއަށްފަހު މަޝްވަރާ ކުރި މަޝްރޫޢުތަކާއި، ޕްލޭންތަކާއި ގުޅޭ ގޮތުން ކޮންމެ ޓީމަކުންވެސް ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ.

Advertisement

މި ޕްރެޒެންޓޭޝަނާއި ގުޅޭގޮތުން ރައީސް ސާލިޙު ވިދާޅުވީ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ރައްޔިތުން ބޭނުންވާ ވިސްނުންތަކެއް ހުރިކަން ޕްރެޒެންޓޭޝަނުން ފާހަގަކުރެވުނު ކަމަށެވެ. ޖުމުލަ ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި، ޓޫރިޒަމައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް އިސްކަން ދެއްވާ މިންވަރު ފާހަގަވެގެން ދިޔަ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. މި ޕްރެޒެންޓޭޝަންތައް ބައްލަވާލެއްވުމަށްފަހު، ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަންކަން ހިންގުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންނެވިއެވެ.

ތިންވަނަ ސެޝަންގައި ސަރުކާރުގެ މަޝްރޫޢު ތަކާއި ގުޅޭގޮތުންނާއި، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މަޝްރޫޢުތައް ކައުންސިލްތައް މެދުވެރިކޮށް ހިންގުމާއި ކައުންސިލްތަކުގެ ޒިންމާތަކާއި ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ކޮންފަރެންސްގައި މަޢުލޫމާތު ދެއްވާފައިވަނީ ދައުލަތުގެ ވަޒީރުންނާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސް ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް