Advertisement
ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 16:19
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ސޯޝަލް މީޑިއާ
ހަނިމާދޫ އެއަރޕޯޓް
ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރަން މިއަހަރު ފަށަނީ
މިއަހަރުގެ މެދެއްހާ ހިސާބުގައި އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކޮންޓެރްޓަރާއެކު ސޮއިކުރާނެ
މިއަހަރުގެ ފަހުކޮޅާ ހިސާބަށް ދާއިރު ރަނގަޅު ފެންވަރެއްގައި އެއަރޕޯޓްގެ މަސައްކަތް ކުރެވިގެންދާތަން ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި
އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންޑު އޮތީ ހަމަޖެހިފައި

ހދ ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަން މިއަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ކޮންފެރެންސްގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ލާރި އެއްގޮތް ނުވިއްޔާ އަނެއްގޮތުންވެސް ސަރުކާރުން ހޯދާނެ ކަމަށެވެ. ރައީސްގެ މިވާހަކަފުޅު ތަފްސީލުކުރައްވަމުން މިސަރުކާރުގެ އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓްބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާކަމުގަ އެވެ.

އެކޮނޮމިކް މިނިސްޓަރ ވިދާޅުވީ ހުރިހާ ކަމެއް ކާމިޔާބުކުރުމަށްޓަކައި ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް ތިލަދުންމަތީ ސަރަހައްދުގައި އޮތުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ހަމައެކަނި އިންޓަރނޭޝަނަލް ބޯޑެއް އަޅުވާފައި އޮތުމުން ނުނިމޭ ކަމަށް މިނިސްޓާރ ވިދާޅުވި އެވެ.

Advertisement

މިއަހަރުގެ މެދެއްހާ ހިސާބުގައި އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކޮންޓެރްޓަރާއެކު ސޮއިކުރާނެ ކަމަށާއި މިއަހަރުގެ ފަހުކޮޅާ ހިސާބަށް ދާއިރު ރަނގަޅު ފެންވަރެއްގައި އެއަރޕޯޓްގެ މަސައްކަތް ކުރެވިގެންދާތަން ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުން ލަސްވެގެންދިޔައީ އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންކަމަށެވެ.

ފުރަތަމަ ކޮންސެޕްޓް ޑިޒައިން ކުރެވުނު ގޮތުން 2800 މީޓަރަށް ވުރެ އިތުރު ކުރެވެނެ ޖާގައެއް ނުލިބޭ. އަޅުގަނޑަށް ވިސްނުނީ މީގެ ވިއްސަކަށް އަހަރު ފަހުންވެސް މިތަން 3600 މީޓަރަށްވެސް ރަންވޭ ބޮޑުކުރަން ޖެހިދާނޭ. އެހެންވީމާ އަލުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީގައި އެކަން ކުރަމުންދިޔައީ. ދެފަހަރު ކުރަން ޖެހުނީމާ ލަސްވީ. އެކަމު ޑިޒައިން ކޮންސެޕްޓް ޓްރާންސްޕޯޓް މިނިސްޓްރީން ނިމިފައިވަނީ.
އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް

މިނިސްޓަރ ވިދާޅުވީ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންޑު އޮތީ ހަމަޖެހިފައިކަމަށެވެ. އެގޮތުން ލޯން ފެސިލިޓީންނާއި އެކިއެކި އިންވެސްޓްމަންޓްތަކުގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ނަން ދީފައިވާއިރު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ފެންވަރަށް އެތަން ތަރައްޤީކުރުމުގެ ވާހަކަ އަކީ މީގެ ކުރީގެ ސަރުކާރު ތަކުންވެސް ދައްކަމުން ގޮސްފައިވާ ވާހަކައެކެވެ. ތިލަދުންމަތީގައި ފަހަކާ ޖެހެންދެންވެސް އޮތް ހަމައެކަނި އެއަރޕޯޓަކީ ހަނިމާދޫ އެއަރޕޯޓްކަމަށްވާއިރު އެތަނުގެ ފެންވަރު ދައްކަމުގެ ޝަކުވާ އަކީ އާންމުން ކުރަމުން އަންނަ ޝަކުވާ އެކެވެ.

އެތަނުގައި މިހާރު އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކަށް ވާ އިރު، ބޮޑެތި އެއާކްރާފްޓުތައް ޖެއްސުމަށް އެއަށް ވުރެ ދިގު ރަންވޭ ބޭނުންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް