Advertisement
ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 11:13
ކުޅުދުއްފުށީގައި ކުރިއަށްދާ ކޮންފަރެންސްގައި ރައީސް ސޯލިހް ވާހަކަފުޅުދައްކަވަނީ
ކުޅުދުއްފުށީގައި ކުރިއަށްދާ ކޮންފަރެންސްގައި ރައީސް ސޯލިހް ވާހަކަފުޅުދައްކަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
މިނިމަމް ވޭޖް ރިޕޯޓު
މިނިމަމް ވޭޖް ރިޕޯޓުން މާލެއާއި ރާއްޖެތެރޭގެ ފަރަގު އެނގިގެންދިޔަ: ރައީސް ސޯލިހު
ތަރައްގީކުރުމަށް ބަލާލާއިރު މާލެއާއި ރާއްޖެތެރޭ އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް ވާކަމަށް ވިދާޅުވި
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް: ރައީސް ސޯލިހު
އުޖޫރައިގައިވެސް މާލެ އާއި އަތޮޅުތެރޭގައި ބޮޑެތި ފަރަގުތަކެއް އެބަހުރި: ރައީސް ސޯލިހު

މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި "މިނިމަމް ވޭޖް ރިޕޯޓު"ން، މާލެއާއި ރާއްޖެތެރޭގެ ފަރަގު އެނގިގެންދިޔަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

އެމްޑީޕީގެ "ތިލަދުންމަތީ އިރުވައި" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީކުރުމަށް ބަލާލާއިރު މާލެއާއި ރާއްޖެތެރޭ އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް ވާކަމަށެވެ. އަދި ވަޒީފާގައި އުޅޭ މީހުންގެ އުޖޫރައިންވެސް މިކަން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެކަނި ވަޒީފާ ގައި އުޅޭ މީހުންނަށް ފެށިކަމުގައި ވިޔަސް. ލިބޭ އާމްދަނީއަށް ބެލިކަމުގައި ވިޔަސް ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމާއި މެދު ޝައްކެއް ނެތް ކަމަށެވެ. އެ ވިސްނުމާއި ފިކުރެއް ހާމަވީ މިއަދެއް ނޫން ކަމަށާއި އެމްޑީޕީ ވުޖޫދުވީއްސުރެ ވެސް އެމްޑީޕީގެ ފިކުރަކީ ހުރިހާ ރަށެއް ތަރައްގީ ކުރުން ކަމަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ވެސް އެ މަސައްކަތް ފެއްޓެވިކަން ފާހަކަ ކުރެއްވިއެވެ.

ތިލަދުންމަތީގެ ތަރައްގީގެ މަޝްރޫއުތަކަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓެއް އޮތް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ ކަމަށެވެ. އަދި ވަޒީފާ އުފެއްދުމުގައި ރަށު ކައުންސިލްގެ ވަރަށް ބޮޑު ދައުރެއްވާކަމަށް ވިދާޅުވިއެވެ.

ވަޑިންނާއި އިންޖިނިއަރުން އެބަ ބޭނުންވޭ، ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް އެބަހުރި. މި މަސައްކަތްތަކަށް ބޭނުންވާނެ ވަޒީފާތައް މީހުން އުފެއްދުމަކީ ކައުންސިލްތަކުގެ ވަރަށް މުހިއްމު ދައުރެއް އޮތް ކަމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ކުޅުދުއްފުށީގައި އެމްޑީޕީއިން ކުރިޔަށް ގެންދާ "ތިލަދުންމަތީ އިރުވައި" މަހާސިންތާއަކީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ މަހާސިންތާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް