Advertisement
ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 17:57
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ކަނޑުމަތިން އެމްޑީޕީގެ ކެމްޕޭން ޓީމާއި ގުޅިވަޑައިގަންނަވަނީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ކަނޑުމަތިން އެމްޑީޕީގެ ކެމްޕޭން ޓީމާއި ގުޅިވަޑައިގަންނަވަނީ
ރާއްޖެއެމްވީ
އެޖެންޑާ19 ރަށަށް
އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ކެމްޕޭން ދަތުރުގައި ރައީސް ސާލިޙު ބައިވެރިވެ ވަޑައިގެންފި
ރައީސް އެމްޑީޕީގެ ޓީމާއި ބައިވެރިވެ ވަޑައިގެންނެވީ އަންގާރަ ދުވަހު ހަވީރު
މި ދަތުރުގައި ދެރައީސުން އެކުގައި ފުރަތަމަ ވަޑައިގެނނެވީ ހދ. ވައިކަރަދޫއަށް
ބޭނުންވެލައްވަނީ އެމްޑީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު މެޖޯރިޓީއެއް ހޯދުންކަމަށް ރައީސް ވިދާޅުވި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމދު ސާލިޙު ބައިވެރިވެ ވަޑައިގެންފި އެވެ.

ރައީސް ސާލިހު އެމްޑިޕީގެ ޓީމާއި ގުޅި ވަޑައިގެންފައިވަނީ އަންގާރަ ދުވަހު ހަވީރު ހދ. ވައިކަރަދޫއަށް ދަތުރުކުރަމުންދިޔަ ހދ. ކުޅުދުއްފުށީ "ސީކްއީން" ބޯޓުން ކަނޑުމަތިންނެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓވިއުގައި ރައީސް ސާލިހު ވިދާޅުވީ ބޭނުންވެލައްވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ހޯއްދަވަން ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވެގެންދާނީ ކައުންސިލްގައި އެކަން ގްބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިޙާބު ކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރޝީޕް އަދި ޕާޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ބައިވެރިވެވަޑައިގަންނަވާ މިދަތުރުގައި އެ ޓީމުން ވަނީ އަންގާރަ ދުވަހު ވަނީ ހދ. ހަނިމާދޫ، ނޭކުރަންދޫ އަދި ކުމުންދޫއަށް ޒިޔާރަތްކުރައްވާފައެވެ.

މި ދަތުރުގައި އަންގަރަ ދުވަހުގެ ރޭ ދިއުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ސިޓީ އަށެވެ. އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުތުރު މަހާސިންތާގައި ދެ ރައީސުން ބައިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ޖެނުއަރީ 2020 | އަންގާރަ 19:31
ޙަބީބު.
ލޯކަނުކައުންސިލުއިންތިހާބު ފެށިއްޖެ ހުރިހާވެރިން މޭކަށިގަނޑާ ހަމަޔައް ބެގީޖަހައިގެން ރައްޔިތުން އެއްކޮއްގެން މީހަކައްވުރެ މީހަކު ދޮގުހެދުން އިތުރުކޮއް ޅޮސްއުނދޯލި ހެއްލާނެ ދެންބާރައް އަތްޖަހާ