Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 17:34
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ޓްވިޓަރ
މެމްބަރުންނަށް އިންޒާރުދިނުން
މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ބައެއް މެމްބަރުންނަށް ދަނީ އިންޒާރު ލިބެމުން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ނުވަތަ މެމްބަރަކަށް އިންޒާރެއް އައިސްގެން މަޖިލީހުގެ އިދާރާއަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

 

ބުދަ ދުވަހު ހެނދުނު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އާމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މިދިޔަ ދެތިން ދުވަހު ނުވަތަ މިފަހަކުން އެފަދަ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ބައެއް އިދިކޮޅު މެމްބަރުންނަށް ދަނީ އިންޒާރުގެ މެސެޖްތައް ލިބެމުން ނެވެ. އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި)އަށް ވަނީ ތަކުރާރުކޮށް އިންޒާރުގެ މެސެޖްތަކެއް ލިބިފައެވެ. ވައިބަރ މެދުވެރިކޮށް އައި އެފަދަ މެސެޖެއް، އެމެސެޖް ފޮނުވި ނަމްބަރާއެކު އިންތި ވަނީ ސްކްރީމް ޝޮޓެއް ނަންގަވައި ޓްވީޓް ކުރެއްވުމަށް ފަހު ފުލުހުންނަށް ވެސް އެމައްސަލަ ހުށަހަޅުއްވާފަ އެވެ.

 

 

އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނާއިރު، މިހާތަނަށް އެމައްސަލާގައި މީހަކު ހައްޔަރުކޮށްފަ ނުވާ ކަމަށް ފުލުހުން ބުނެއެވެ.

 

މީގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އީވާ އަބްދުﷲ އަށް ވެސް ދަނީ އިންޒާރުގެ މެސެޖްޓައް ލިބެމުން ކަމަށް ވިދާޅުވެ އީވާ ވެސް ވަނީ އެ މެސެޖްތަކުގެ ސްކްރީން ޝޮޓެއް ނަންގަވައި ޓްވީޓް ކުރައްވާފަ އެވެ.

 

 

މީގެ އިތުރުން ވެސް އިދިކޮޅު ބައެއް މެމްބަރުންނަށް އިންޒާރު ދެމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

 

 

މަޖިލިސް މެމްބަރުންނަށް ސެކިއުރިޓީ ފޯރުކޮށް ނުދޭކަމަށް ބުނެ ބައެއް މެމްބަރުންވަނީ މަޖިލީހުގެ ތަލުމުގައި މީގެ ކުރިން ޝަކުވާ ވެސް ކޮށްފަ އެވެ.

 

މީގެ ކުރިން ސެކިއުރިޓީން ނުގެންގުޅުއްވި ނަމަވެސް، އިންތި ވަނީ އޭނާއަށް ތަކުރާރުކޮށް ލިބެމުންދާ އިންޒާރުގެ މެސެޖްތަކާ ގުޅިގެން "ޕްރައިވެޓް" ސެކިއުރިޓީ" ހަމަޖައްސާފަ ކަމަށް މައުލޫމާތު ލިބެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް