Advertisement
ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 15:01
އައްޑޫ ދަމަނަވެށިން ގެއްލުނު ވެކްސިން ތައްގަނޑު
އައްޑޫ ދަމަނަވެށިން ގެއްލުނު ވެކްސިން ތައްގަނޑު
ޕޮލިސް
ވެކްސިން
އައްޑޫ ދަމަނަވެށިން ގެއްލުނު ވެކްސިން ތައްގަނޑު ފެނުނީ ފަޅު ރަށަކުން!
ތައްގަނޑު ހޯދީ މިހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު
ފައިސާއާއި އޮފީހުގައި ބޭނުންކުރާ ބައެއް ސާމާނުވެސް ވަގަށް ނަގާފައިވޭ
ތައްގަނޑު ފެނިފައިވަނީ ގދ ކުރިކޭމާހުއްޓާ ކިޔާ ފަޅު ރަށަކުން

ވެކްސިން ދިނުމަށްފަހު ވެކްސިން ދީފައިވާކަން ޔަޤީންކުރުމަށްޖަހާ ތައްގަނޑު އައްޑޫސިޓީގެ ދަމަނަވެށީގައި ހުއްޓައި ގެއްލިފައިވާއިރު، އެ ތައްގަނޑު ފަޅު ރަށަކުން ހޯދައިފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫސިޓީގެ އިދާރާއިން ގެއްލިފައިވާ ތައްގަނޑު މިހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ހޯދާފައިވާ ކަމަށް އަންގާރަ ދުވަހު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ތައްގަނޑު ފެނިފައިވަނީ ގދ ކުރިކޭމާހުއްޓާ ކިޔާ ފަޅު ރަށަކުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑުގެ އިތުރުން، އޮފީހުގެ ރަސްމީ ލިޔުންތައް ހުރި ސީޕީޔޫ އަކާއި، އޮފީހުގެ ރަސްމީ ތައްގަނޑެއްގެ އިތުރުން، ފައިސާއާއި އޮފީހުގައި ބޭނުންކުރާ ބައެއް ސާމާނުވެސް ވަގަށް ނަގާފައިވާކަމަށް ދަމަނަވެއްޓާ ހަވާލާދީ ބައެއް މީޑީއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އައްޑޫސިޓީގައި ވެކްސިން ޖެހުމާއި ދެކޮޅު ފަރާތްތައް އުޅޭކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް