Advertisement
ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 14:28
މ. މުލަކުގައި ހުންނަ ޕޮލިސް ސްޓޭޝަން
މ. މުލަކުގައި ހުންނަ ޕޮލިސް ސްޓޭޝަން
ގޫގްލް މެޕްސް
މަރުވެގައި އޮތް މީހަކު ފެނުން
ވަޑާންގެއެއްގެ ތެރޭގައި ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ
ވެއްޓިގައި އޮތްތާ ކައިރީގައި ޖައްސާފައި އޮތް ކަރަންޓް ކީހެއް އޮތް
އޭނާގެ މޭމަތީ ޒަހަމްތައްހުރި
ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 04:57 ގައި

މ. މުލަކުގެ ވަޑާންގެއެއްގެ ތެރޭގައި ޒަމަހަމްތަކާއިއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ، އެމީހާގެ ވާތްފަރާތު މޭމަތިން ވަރަށްފުންކޮށް ގާތްގަނޑަކަށް 9 އިންޗިހާތަނެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރު ވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުން ބުނީ، މ. މުލަކުގައި ވަޑާމުގެ މަސައްކަތްކުރާ ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެރޭ (ރޭ) ފަތިހު 04:57 ހާއިރު ކަމަށެވެ.

މީގެއިތުރުން، ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން، އޭނާ ވެއްޓިފައި އޮތްތާ ކައިރީގައި ކަރަންޓް ކީހެއް ޖައްސާފައިވާކަން އެނގިފައިވާ ކަމަށެވެ. ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް