Advertisement
ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 12:33
ވެކްސިން - ރެޕްރެޒެންޓޭޝަނަލް ފޮޓޯ
ވެކްސިން - ރެޕްރެޒެންޓޭޝަނަލް ފޮޓޯ
ދި ޓަައިމްސް
ވެކްސިން ދިނުން
ވެކްސިންއާ ދެކޮޅަށް މައުލޫމާތު ފަތުރާ ވައިބަރ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަނީ
އެ މައްސަލަ މިދިޔަ އަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ
ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވޭ
ހިމަބިހި އަނެއްކާވެސް ފެތުރެމުންދާކަން ވަނީ އިއުލާނުކޮށްފައި

ވެކްސިން ދިނުމާއި ދެކޮޅަށް އާންމުންގެ ތެރޭގައި މައުލޫމާތު ފަތުރާ ވައިބަރ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ވެކްސިން ދިނުމާއި ދެކޮޅަށް އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭ ވައިބަރ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލައެއް މިދިޔަ އަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށާއި، ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަަމަށްވެސް ބުނެފައިވެއެވެ.

Advertisement

ފުލުހުން އެހެން ބުނެފައިވާއިރު، "ވެކްސިން ރައްކާތެރިތަ؟" މި ނަމުގައި ހަދާފައިވާ ވައިބަރ ގްރޫޕެއް ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން 1851 މެމްބަރުން ހިމެނޭ މި ގްރޫޕުގައި ވެކްސިން ދިނުމާއި ދެކޮޅަށް ގިނަ ލިއުންތަކެއް ހިއްސާކޮށްފައިވެއެވެ.

ވެކްސިން ދިނުމާއި ދެކޮޅަށް މައުލޫމާތު ފަތުރާ ވައިބަރ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސެލްސް) އަނެއްކާވެސް ފެތުރެމުންދާކަން ހެލްތް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް