Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 17:11
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އައިޖީއެމްއެޗް ފްލޫ ކްލިނިކް
ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް
އައިޖީއެމްއެޗުގެ އައިސީޔޫގައި އެންމެ ގިނަ އިން ބޭތިއްބޭނީ 15 މީހުން
މިހާރު 11 މީހުންނަށް ދަނީ ފްލޫއާ ގުޅިގެން އައިސީޔޫގައި ފަރުވާދެމުން

މިހާރު ފެތުރެމުންދާ ރޯގާތަކާއި ގުޅިގެން އަންގާރަ ދުވަހުގެ ނިއަލަށް އައިޖީއެމްއެޗުގެ އައިސީޔޫގައި 11 މީހުންނަށް ފަރުވާ ދެމުންގެންދާ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާގެ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވީ، މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި 11 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އައިސީޔޫގައި 11 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު އެޗްވަންއެންވަން ޖެހިގެން ތިން އަހަރު ކުޑަ ކުއްޖަކަށް ވެސް އެހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

މައުސޫމް ވިދާޅުވީ، އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ހާލުދެވެ ސިޒޭރިން ހަދަން ޖެހުނު އަންހެންމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ދަރިފުޅުގެ ހާލު ވެސް ސީރިއަސް ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕީޓަލުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ އިރު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވަން ފަށާފައިވާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކް ގާއިމްކޮށްފައިވަނީ މަރޗު 11 ވަނަ ދުވަހު އެވެ.

އެހޮސްޕިޓަލުގެ އައިސީޔޫގައި ރޯގާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާދެމުންދާ އިރު އެމަރޖެންސީން ނޫން، އެހެން ނަމަވެސް އައިސީޔޫގައި ފަރުވާންދޭން ޖެހޭ ސަރޖެރީތައް އެ ހޮސްޕިޓަލުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. މިގޮތަށް މެދުކަނޑާލަން ޖެހުނީ އެ އައިސީޔޫގައިވެސް ރޯގާއާ ގުޅިގެން އެޑްމިޓް ކުރެވޭ މީހުންނާ އެހެން ބަލިތަކުގެ މީހުންނާ، ވަކި ކުރުމުގެ ބޭނުމުގައި ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

މިބަދަލު ގެނެވުނު ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރިންވެސް ކުރިއަށްދިއަ ގޮތަށް ބަދަލުވެގެންދާނެ ކަމަށް ބެލެވޭކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގެ ޖާގައަކީ 15 އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް