ހުޅުލޭ ނެރު ކައިރީ އެއަރޕޯޓް ފެރީ އަކާއި ލޯންޗެއްޖެހި ހިނގި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެއެވެ.
މިއެކްސިޑެންޓްގައި އެއަރޕޯޓް ފެރީގައި ތިބި 4 އަންހެން ފަތުރުވެރިންނަށް ސީރިއަސް ނޫން އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށާއި ލޯންޗުގައި ހުރި ދިވެހި ފިރިހެނަކަށްވެސް ސީރިއަސް ނޫން އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. މި ފަސް މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށްދާން ހުޅުލޭގެ އުތުރުން ނެރުން ނިކުތް އެއަރޕޯޓް ފެރީއަކާއި ލޯންޗެއްޖެހި ކަމަށެވެ. މިމައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 22:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.