Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 16:52
މާސްކު އަޅައިގެން މީހަކު މަގުމަތީ
މާސްކު އަޅައިގެން މީހަކު މަގުމަތީ
މުހައްމަދު ޝަރުހާން
އޭޑީކޭ ފްލޫ ކްލިނިކް
އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި
އޭޑީކޭ އަށް އަންގާރަ ދުވަހު 104 މީހުން ޑޮކްޓަރަށް ދެއްކި
މިހާރު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 3 މީހުން ވަނީ މަރުވެފަ

އަންގާރަ ދުވަހުގެ ނިއަލަށް ފްލޫ ކްލިނިކަށް 1،551 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އޭޑީކޭ އިން ހާމަކޮށްފި އެވެ.

އޭޑީކޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިހާތަނަށް ފްލޫ ކްލިނިކަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެދުވަހު 332 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

ފްލޫ ކްލިނިކަށް އިއްޔެ ދައްކާފައި ވަނީ 67 ފިރިހެނުންނާއި 37 އަންހެނުންނާ އެކު ޖުމްލަ 104 މީހުނެވެ.

މި މީހުންގެ ތެރޭގައި އެއްވެސް މީހަކަށް އެޑްމިޓްކޮށްގެން ފަރުވާން ދޭން ޖެހިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭ އިން އަންނަނީ އެހޮސްޕިޓަލުގެ ފްލޫ ކްލިނިކްގެ އިތުރުން މޯބައިލް ފްލޫ ކްލިނިކް މެދުވެރިކޮށް ވެސް އާއްމުންނަށް ޑޮކްޓަރަށް ދެއްކޭނެ ގޮތް އިންތިޒާމުކޮށްފަ އެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގައި ވަނީ އިންފްލުއެންޒާ އަށް ވެކްސިން ދިނުމުގެ އިންތިޒާމްތައް ވެސް ގާއިމްކޮށްފައެވެ. އެގޮތުން މާބަނޑު މީހުންނާއި، ކެންސަރު ބަލީގެ މީހުންގެ އިތުރުން ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނާއި 65 އަހަރުން މަތީގެ މީހުންގެ އިތުރުން ޑައިލަސިސް ހަދާ މީހުންނާއި، ނޭވާލާނިޒާމުގެ ބަލިތައް ހުރި އުމުރުން ތިން އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދެވޭނެ ކަމަށް އޭޑީކޭ އިން ބުނެ އެވެ.

އޭޑީކޭ އިން ފްލޫ ކްލިނިކް ހުޅުވާފައިވަނީ މަރޗު 14 ދުވަހު އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ތިން މީހަކު ވަނީ މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް