Advertisement
ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 19:48
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދިއްދޫއިން މަރުހަބާ ދެންނެވުން
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދިއްދޫއިން މަރުހަބާ ދެންނެވުން
ރާއްޖެއެމްވީ
އެޖެންޑާ19 ރަށަށް
އެޖެންޑާ 19 ރަށަށް: އެމްޑީޕީ ތިލަދުންމަތީ ދަރުތުގައި ހޯމަ ދުވަހު 5 ރަށަށް!
އެމްޑީޕީގެ ޓީމުން ދިއްދޫއަށް ގޮސްފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:30 ގައި
ހޯމަ ދުވަހުގެ ރޭ 9:00 ގައި ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި
އެމްޑީޕީގެ ޓީމަށް ދިއްދޫއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި އެޕާޓީން ހޯމަ ދުވަހު ވަނީ ފަސް ރަށަށް ގޮސްފައެވެ.

ހދ. ކުޅުދުއްފުށީ "ސީކުއީން" ބޯޓުގައި 300 އެއްހާ މީހުންނާއިއެކު އާދިއްތަ ދުވަހު ހަވީރު ފެށި މި ދަތުތުރުގައި އެމްޑީޕީގެ ޓީމުން 10 ގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު ހޯމަ ދުވަހު ހެނދުނު ފުރަތަމަ ގޮސްފައިވަނީ ހއ. އިހަވަންދޫއަށެވެ. އެއަށްފަހު ހޯމަ ދުވަހު ވަނީ އެ އަތޮޅު ހޯރަފުށީ، ކެލާ އަދި ބާރަށް ވަނީ ގޮސްފައެވެ. އަދި ހޯމަ ދުވަހުގެ ރޭ 7:00 ވަނީ ދިއްދޫއަށް ގޮސްފައެވެ.

ދިއްދޫގައި ހޯމަ ދުވަހުގެރޭ 9:00 ގައި އެމްޑިޕީން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރޝީޕް އަދި ޕާޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ބައިވެރިވާ މި ދަތުރުގައި ކޮންމެ ރަށެއްގައިވެސް ވަނީ ދޮރުން ދޮރަށް ކެމްޕޭން ހަރަކާތް ހިންގާފައެވެ. ޓީމުތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ކެމްޕޭންގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަނީ އޮޅުން ފިލުވާފައެވެ. ކޮންމެ ރަށެއްގައިވެސް ކަންމަތީ ބައްދަލުވުން ބާއްވާ ޕާޓީގެ ރައީސް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ އެޖެންޑާ 19 ގައި ހުރި ވައުދުތައް ފުއްދަވައިދެއްވުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

މި ދަތުރުގައި އަންގާރަ ދުވަހު އެމްޑީޕީގެ ޓީމުން ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ އަތޮޅު ކުޅުދުއްފުށީ ސިޓީގައި ބާއްވާ އުތުރު މަހާސިންތާ ރައީސް ނަޝީދު ފައްޓވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ޓީމުން މި ދަތުރު ނިންމާލުމަށް ފަހު މާލެ ދިއުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް