Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 16:10
ފެސްކޯ ދޯނި ފުނަދޫ ނެރުމައްޗަށް އަރާފައި
ފެސްކޯ ދޯނި ފުނަދޫ ނެރުމައްޗަށް އަރާފައި
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި
ވިލިމާލެއިން ސިމެންތި ބަރުކޮށްގެން ފުނަދޫއަށް ދިޔަ ދޯންޏެއް
ނެރުމައްޗަށް އެރީ ފުނަދޫއަށް ވަންނަން އުޅުމުގެ ތެރޭގައި

ސިމެންތި ބަރުކޮށްގެން ތެޔޮ ފުނަދޫއަށް ދަތުރުކުރި "ފެސްކޯ" ނަމަކަށް ކިޔާ ދޯންޏެއް އެރަށު ނެރުމަށްޗަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

 

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ބުދަ ދުވަހު ހެނދުނު 08:14 ހާއިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ހާބަރކްރާފްޓް ލޯންޗެއް އެސަރަހަށްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

 

އެ ހާދިސާގައި ނެރުމައްޗަށް އަރާފައި ވަނީ ވިލިމާލެއިން ސިމެންތި ބަރުކޮށްގެން ފުނަދޫއަށް ދިޔަ "ފެސްކޯ" ނަމަކަށް ކިޔާ ދޯންޏެވެ. "ފެސްކޯ" ދޯންޏަކީ ށ. ބިލެތްފަހި ދޯންޏެކެވެ. އެ ދޯނި ފުނަދޫ ނެރުމައްޗަށް އެރީ ފުނަދޫއަށް ވަންނަން އުޅުމުގެ ތެރޭގައެވެ.

 

އެމްއެންޑީއެފް އިން ބުނީ ދޯނިން ފަސް މީހުން ދަތުރުކުރިއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހާދިސާއާ ގުޅިގެން ދޯނީގެ ވެރިފަރާތުން ގެނައި އެހެން ދޯންޏަކަށް "ފެސްކޯ" ދޯނީގައި ހުރި ސިމެންތި ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

 

އެ ދޯނީގައި ހުރި ސިމެންތި ބަސްތާތައް ހުސްކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް