Advertisement
ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 13:59
ހެލްތް މިނިސްޓަރު އަމީން
ހެލްތް މިނިސްޓަރު އަމީން
ރާއްޖެއެމްވީ
ހެލްތް މިނިސްޓްރީ
އިންކާރު ކުރި ނަމަވެސް ވެކްސިން ޖަހާނަން: ހެލްތް މިނިސްޓަރު
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ހެލްތް މިނިސްޓްރީ ވަނީ ދާދި ދެންމެ އިއުލާންކޮށްފައި
ހިމަބިހި ތިން ކޭސް އެއް ވަނީ ފެނިފައި
ކަމާއިބެހޭ އިދާރާތަކުން މި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން

ވެކްސިން ޖަހަން އިންކާރު ކުރި ނަމަވެސް ވެކްސިން ޖަހާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން އެހެން ވިދާޅުވީ، ހެލްތު މިނިސްޓްރީން މިކާމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އަމީން ވިދާޅުވީ، ހޯމަ ދުވަހު ހަވީރު ހަތަރަކުން ފެށިގެން އެންމެ ފުރަތަމަ ކުއްޖާ އަށް ހިމަބިހި ފެނުނު ޞަރަޙަދުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ޞަރަޙައްދުތަކަށް ގޮސް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ވެކްސިން ނުޖަހާ ފަރާތްތަކުން ވެކްސިން ޖެހުމަށް ފުރިހަމަ ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހެލްތު މިނިސްޓްރީން ވެކްސިން ޖެހުމަށް ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް ކުރިޔަށް އޮތް ތިންމަސް ދުވަސް ވަންދެން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

'' އެހެންވީމާ ރާއްޖޭގެ ވެކްސިން ނުދީ ތިބި ފަރާތްތަކާއި ހިމަބިއްސާ ގުޅޭ ދެވަނަ ޑޯޒް ފުރިހަމަނުކޮށް ތިބި ފަރާތްތަކަށްވެސް ވެކްސިން ދިނުން ކޮންމެހެން ލާޒިމް ކަމަށް އަޅުގަނޑު ގަބޫލްކުރަނީ.''

ހިމަބިހި އިތުރަށް ފެތުރިގެންދާ ޙާލަތަށް ބަލައި އެކަމަށް ތައްޔާރުވުމަށްޓަކާއި މާލޭގެ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި ވާހަކަދެއްކި ޕްލޭނާއި އެކު ޢަމަލު ކުރާނެ ކަމަށެވެ. ނައްތާލެވިފައި ވަނިކޮށް ހިމަބިހި ފެނިފައިވާތީ ޢާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު ވަނީ ހާމަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވެކްސިން ޕްރޮގުރާމް ފެށުނު ފަހުން ސްކޫލް އުމުރުގެ ގިނަ ކުދިންނަށް ވެކްސިން ދީފައެވެ. ސްކޫލު އުމުރުގައި ވެކްސިން ނުޖަހާ ކުދިން މިހާރުވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުން އަމީން ވިދާޅުވީ، ވެކްސިން ނުޖަހާ އެއްވެސް ކުއްޖަކު ސްކޫލަށް ފޮނުވައިގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް