Advertisement
ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 13:09
ބ.އޭދަފުށި
ބ.އޭދަފުށި
އޭދަފުށި ޓައިމްސް
އޭދަފުށި
އޭދަފުށީ ހިއްކިބިމުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
158 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި
ދޫކުރަނީ 1400 އަކަފޫޓްގެ ބަންޑާރަ ގޯތި
އަންނަ މަހުގެ 13ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

ބ. އޭދަފުށީގެ ހިއްކިބިމުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭދަފުށި ކައުންސިލުން ބުނީ އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށްޓަކާ، ބަންޑާރަ ގޯތީގެ ގޮތުގައި 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ގޯތި ބޭނުންވާ ފަރާތްތަކުން ''ބ. އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 13 ފެބްރުވަރީވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ފޯމްގެ އަސްލު އެއިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިނޫންގޮތަކަށް ހުށަހަޅާފޯމް ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement

މީގެ އިތުރުން ކައުންސިލުން ބުނީ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ ވާ އަންގާރަ ދުވަހުން ފެށިގެން 13 ފެބްރުވަރީ ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން 13.30 ގެ ނިޔަލަށް ކަމަށެވެ.

ކައުންސިލުން ބުނީ އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ރަސްމީގަޑީގައި އެއިދާރާއިން ލިބޭނެ ކަމަށެވެ. އަދި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް