Advertisement
ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 11:30
ވެކްސިން
ވެކްސިން
ރެޕްރެޒެންޓޭޝަނަލް ފޮޓޯ
އެޗްޕީއޭ
ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ: އެޗްޕީއޭ
ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ދަނީ ކުރަމުން
އެޗްޕީއޭއިން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވާ
ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް

ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހު އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށާއި ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުންދާކަމަށެވެ.

މިކަމާއި ގުޅިގެން، އެޗްޕީއަށް ގުޅާލުމުން ބުނެފައިވަނީ މިކަމާއި ބެހޭ އިތުރު ތަފްސީލް ހާމަކުރެވޭނީ ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ފައިނަލްވުމުންކަމަށާއި މައުލޫމާތު ހާމަކުރުމަށް އެޗްޕީއޭގެ އިސްފަރާތްތަކުގެ މެދުގައި މަޝްވަރާކުރަމުންދާކަމަށެވެ. ބައްޔަށް ޝައްކު ކުރެވޭ ފަރާތެއް ފެނިފައިވަނީ ކޮން ރަށަކުންކަމެއް އެޗްޕީއޭއިން ހާމަނުކުރައްވައެވެ.

Advertisement

2019 ވަނަ އަހަރު 66 ފަރާތެއް މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވިފައިވާއިރު، ހިމަބިއްސަށް ޝައްކުކުރެވޭ ކޭސްއެއް 8 ޖެނުއަރީ 2020ގައި ރިޕޯރޓްކުރެވުމާއެކު، އެކަމާއި ގުޅިގެން ކުރަންޖެހޭ ތަހުޤީޤުތައް އެއޭޖެންސީއިން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުޞަތު އޮތް ދުވަސްވަރު ދެނެގަނެ، އެދުވަސްތަކުގައި އެކުއްޖާއާއި އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެޑޯޒް ހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

އެ އޭޖެންސީން ބުނީ ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، މިބަލިޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް