Advertisement
ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 09:25
ކޮންޕިއުޓަރުތައް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން
ކޮންޕިއުޓަރުތައް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
ކޮންޕިއުޓަރުތަކެއް ހަދިޔާކުރުން
އެމްޕީއެލްއިން އެޑިޔުކޭޝަން މިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާކޮށްފި
10 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކުރި
މިސިސްޓަމްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު ޑރ. އާއިޝަތު އަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އާދިއްތަ ދުވަހު އެމްޕީއެލްއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް 10 ކޮމްޕިއުޓަރ ސިސްޓަމާއި އެއާގުޅޭ ޔޫޕީއެސް ސިސްޓަމް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

Advertisement

މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިސްޓަމްތައް ހަވާލުކޮށް ދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން މި ސިސްޓަމްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. އާއިޝަތު ޢަލީ އެވެ.

މިއީ ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރުމަށް ހަދިޔާކުރެއްވި ކޮމްޕިއުޓަރ ސިސްޓަމް ތަކެކެވެ. އަދި މި ކޮމްޕިޓަރުތައް ވަރަށް އަވަހަށް ސްކޫލްތަކަށް ފޯރުކޮށްދެވިގެން ދާނެކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް