Advertisement
ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 09:31
އޮޅުވެލި ރިސޯޓު
އޮޅުވެލި ރިސޯޓު
ޓްރެވެލާ
ޖޫރިމަނާކުރުން
އޮޅުވެލި ރިސޯޓް ތިންލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި
ރިސޯޓުން ބައެއް މަސައްކަތްތައް ކޮށްފައިވަނީ އީއައިއޭ ރިޕޯޓާއި ހިލާފަށް
30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ

ސަން ސިޔާމް ރިސޯޓްސްއިން ހިންގާ އޮޅުވެލި ބީޗް އެންޑްް ސްޕާ ރިސޯޓު ތިންލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އޮޅުވެލި ރިސޯޓުން، އެރަށުގެ ބައެއް މަސައްކަތްތައް ކޮށްފައިވަނީ އީއައިއޭ ރިޕޯޓާއި ހިލާފަށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެޕްރޫވްކޮށްފައިވާ ކޮންސެޕްޓާއި ހިލާފަށް ކަމަށެވެ.

އޮޅުވެލި ރިސޯޓް ޖޫރިމަނާކޮށްފައިވަނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ޖަދުވަލު 2 އަދި ޖަދުވަލު 6 ގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 20 ވަނަ މާއްދާގެ (ހ) 10 ވަނަ ނަންބަރަށް ރިއާޔަތްކޮށެވެ.

Advertisement

30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ ގޮތަށް އެ ރިސޯޓް ޖޫރިމަނާކޮށްފައިވަނީ، ޖުމްލަ 313,250 (ތިން ލައްކަ ތޭރަ ހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރިސޯޓް ޖޫރިމަނާކުރީ، އޮޅުވެލި ރިސޯޓްގެ ފަޅުން ބައެއް ހިއްކާ އިތުރު މޫދު ކޮޓަރިތަކެއް އެޅި މައްސަލައިގައެވެ. އަދި މިކޮޓަރިތައް ހަދާފައިވަނީ އީއައިއޭ ރިޕޯޓްގައި ބުނާ ބައެއް ކަންކަމާ ހިލާފަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް