Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 23:01
މާލެ ސިޓީ ރެސްޓޯރެންޓަކުން ބަނގުރަލުގެ ވިޔަފާރިކުރާ ބަޔަކު ވަނީ ހައްޔަރުކޮށްފައި
މާލެ ސިޓީ ރެސްޓޯރެންޓަކުން ބަނގުރަލުގެ ވިޔަފާރިކުރާ ބަޔަކު ވަނީ ހައްޔަރުކޮށްފައި
އެޑިޝަން.އެމްވީ
ފުލުހުން
ރެސްޓޯރެންޓެއްގެ ތެރޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ސްރީލަންކާ މީހެއް
އެމީހުން ގެންގުޅުނު ތިން ދަބަސް ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ކަމަށްބެލެވޭ އެއްޗެހި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނޭ

މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ތިން މީހަކު ބަނގުރާ ބޭނުންކޮށް އެ ވިޔަފާރި ކުރަމުންދާތީ އެތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 8:50 ހާއިރު މާލޭގެ ރެސްޓޯރެންޓެއްގައި ބަޔަކު ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެރެސްޓޯރެންޓަށް ދިޔަ ކަމަށެވެ. އަދި އެމީހުން ގެންގުޅުނު ތިން ދަބަސް ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ކަމަށްބެލެވޭ އެއްޗެހި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 34 އަހަރާއި 50 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 38 އަހަރުގެ ސްރީލަންކާ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް