Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 23:02
ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕްތަކެއް އަންނަނީ ހަދަމުން
ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕްތަކެއް އަންނަނީ ހަދަމުން
ދަ ޕްރެސް
އެމްޕީއެލް
ކާނިވާ ސަރަހައްދުގައި އާ ބަސް ސްޓޮޕްތަކެއް ހަދާ އަންނަ މަހު ދަތުރުތައް ފަށަނީ
އާ ބަސް ސްޓޮޕްތައް ހަދަނީ ހުޅުމާލެ ދިޔުމަށް އިތުރު ދެ ރޫޓް ހެދުމަށް
ބަސް ދަތުރު ފެށުމަށް ކާނިވާ ސަރަހައްދު އަންނަނީ ތަރައްގީކުރަމުން

ކާނިވާ ސަރަހައްދުގައި އާ ބަސް ސްޓޮޕްތަކެއް ހަދާ އަންނަ މަހުގެ ތެރޭގައި ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްގެ މީޑިޔާ އޮފިޝަލް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާ ބަސް ސްޓޮޕް ތަކެއް ހަދަނީ ހުޅުމާލެއަށް ދިޔުމަށް އިތުރު ދެ ރޫޓް ހެދުމަށްކަމަށެވެ. އެ ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލުންކަމަށާއި އަންނަ މަހު މި ބަސް ސްޓޮޕްތަކުން ދަތުރުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބަސް ދަތުރު ފެށުމަށް ކާނިވާ ސަރަހައްދު އަންނަނީ ތަރައްގީކުރަމުންނެވެ. އެގޮތުން ބަސް އަނބުރާނެ ޖާގަ ހެދުމަށް، ކުރިން ލައިސަންސް ނަގަން ވެހިކަލް ދުއްވި ބިން ވަނީ ހުސްކޮށްފަ އެވެ.

Advertisement

ކާނިވާ ސަރަހައްދަށް ބަސް ދަތުރުތައް ފެށުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ ރޯދަ މަހުގެ ކުރިންނެވެ.

އެމްޕީއެލްގެ ބަސް ދަތުރުތައް މިހާރު ކުރަމުންދަނީ ހުޅުމާލެއިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.

Advertisement

Advertisement
- ކޮމެންޓް