Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 19:19
އެމްޑީޕީގެ ރައީސް ނަޝީދު
އެމްޑީޕީގެ ރައީސް ނަޝީދު
ރާއްޖެއެމްވީ
އެމްޑީޕީ
ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރަން: ރައީސް ނަޝީދު
އެމްޑީޕީގެ ތިލަދުންމަތީ ދަތުރު ފެށީ އާދިއްތަ ދުވަހު
ތިލަދުންމަތީ ރަށްރަށަށް ޒިޔާރަތް ކުރާނެ
ޕާޓީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ

ސަރުކާރުގެ މައި ކޯލިޝަން ޕާޓީ އެމްޑީޕީގެ ކެމްޕޭނުތަކަށް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރާ ތުހުމަތުތަކަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ''ތިލަދުންމަތީ'' ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ ރައީސް, ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ދަތުރުތަކަކީ އެ ޕާޓީގެ ޚަރަދުގައި ކުރާ ދަތުރުތަކެއް ކަމަށާއި، އެ ދަތުރު ތަކުގައި ދައުލަތުގެ ވަޞީލަތްތަކެއް ބޭނުން ނުުކުރާ ކަމަށާއި، އަދި ނުވެސްކުރާނެ ކަމަށެވެ.

Advertisement

އިދިކޮޅަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު ޕީޕީއެމުން އެ ދައުލަތުގެ ހުރިހާ ވަޞީލަތްތަކެއް ބޭނުންކުރައްވާފައިވާތީ އެ ބޭފުޅުންގެ ހިތަށް އަރަނީ އެމްޑީޕީންވެސް އެކަހަލަ ކަމެއް ކޮށްފާނެ ކަމަށެވެ.

ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަނީއޭ. އަޅުގަނޑުމެން މިދަނީ އެކަހަލަ ކަމެއް ކުރާކަށް ނޫން މިދަނީ
މުހައްމަދު ނަޝީދު ~ ރައީސް

އެމްޑިޕީގެ ދަތުރާ ބޭހެ ގޮތުން އެ ޕާޓީގެ ރައީސް ވިދާޅުވީ، ދަތުރުގެ ޢަމާޒަކީ ވިހާވެސް ގިނަ ޕާޓީގެ މެންބަރުންނާއި ބައްދަލުކޮށް ސަރުކާރުގެ މަޝްރޫޢުތަށް ހިނގަމުންދާ ގޮތާއި، އަދި އެ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ ބޮޑު ބަޖެޓެއްކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކައުންސިލްތަކުން ބަޖެޓު އެކުލަވައިލާނެ ގޮތާއި ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުންވެސް ރައްޔިތުންނާ ޙިއްސާ ކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ދަތުރު ނިންމާލަނީ ކުޅުދުއްފުށި ސީޓީންނެވެ.

މި ދަތުރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޢާންމު މެންބަރުން ބައިވެރިވަޑައިިިގަންނަވައެވެ.

މި ދަތުރުގައި ހޯމަ ދުވަހު ދިއުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދުއަށެވެ. އެއަށްފަހު ހޯރަފުށީ، ކެލާ، ބާރަށް އަދި ދިއްދޫއަށެވެ. އެއަށްފަހު ހދ. ހަނިމާދޫ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށީ ސިޓީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ބާއްވާ އުތުރު މަހާސިންތާ ގައި ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް