Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 18:31
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ފަތުރުވެރިން
ބޮމެއް އޮތްކަމަށް ބުނެ ދެ ފަތުރުވެރިއަކު އިންޒާރުދިން މައްސަލަ އެއް ބަލަނީ
ފުލުހުން ބުނީ މި ދެމީހުންނަނީ ސްވިޒެލެންޑާއި ސެނެގަލް އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް
މިމައްސަލާގައި އެ ދެ މީހުން ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނޭ
އެމީހުން އޭރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭކަމަށް ފުލުހުން ބުނޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ތިބި ދެ ފަތުރުވެރިންގެ ދަބަސް އެއަރޕޯޓް އޭވިއޭޝަންގެ މުވައްޒަފުން ޗެކް ކުރަން އުޅުމުން އެމީހުންގެ އަތުގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން މައްސަލަ އެއް ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހު ހެނދުނު 7:51 ހާއިރު އެއަރޕޯޓަށް ފުރަން ގޮސް ތިބި މި ދެމީހުންނަކީ ސްވިޒަލެންޑް އަދި ސެނެގަލް އަށް ނިޞްބަތްވާ ދެ ފިރިހެނުން ކަމަށެވެ. އަދި އެމީހުން އޭރު ތިބީ މަސްތުގެ ޙާލަތުގައި ކަމަށް ބެލެވޭކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

މިމައްސަލާގައި އެ ދެ މީހުން ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް