Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 17:48
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު- ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރައްވާނެ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު- ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރައްވާނެ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
ރައިޒީނާ ޑައިލޮގްގައި މިނިސްޓަރ ޝާހިދު ތަގުރީރު ކުރައްވަނީ
ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިޔާގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ބައިނަލްއަގްވާމީ ބައްދަލުވުމެއް
މިނިސްޓަރ ޝާހިދު ތަގްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު

މި ޖެނުއަރީ މަހުގެ 14 ން 16 ށް އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައިޒީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ތަޤުރީރުކުރައްވާނެ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިޔާގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ބައިނަލްއަޤުވާމީ ބައްދަލުވުމެކެވެ. މިނިސްޓަރ ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ.ޖައި ޝަންކަރާއި، އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަން ގެ ދަޢުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

މިބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ޝާހިދު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ވަޑައިގެންނެވި އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިންޑިޔާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި، މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް