Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 17:14
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
އެމްޑީޕީ
300 އެއްހާމީހުންނާއި އެކު އެމްޑީޕީން ތިލަދުންމަތީ ދަތުރު ފަށައިފި
މި ދަތުރު ފަށާފައި ވަނީ އާދިއްތަ ދުވަހު 4:30 ގައި
މި ދަތުރުގައި ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި
މިދަތުރުގައި ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ އިހަވަންދުއަށް

300 އެއްހާ މީހުންނާއެކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ތިލަދުންމައްޗަށް ކުރާ ދަތުރު ފަށައިފިއެވެ.

ހއ. އަދި ހދ. ގެ ރަށްތަކަށް ކުރާ މި ދަތުރު ފަށާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 4:30 ހދ. ކުޅުދުއްފުށީ "ސީކުއީން" ބޯޓުގައެވެ.

މި ދަތުރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޢާންމު މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

މި ދަތުރުގައި ހޯމަދުވަހު ދިއުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދުއަށެވެ. އެއަށްފަހު ހޯރަފުށީ، ކެލާ، ބާރަށް އަދި ދިއްދުއަށެވެ. އެއަށްފަހު ހދ. ހަނިމާދޫ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށީ ސިޓީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރުމެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ބާއްވާ އުތުރު މަހާސިންތާ ގައި ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް