Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 15:21
ެރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ
ެރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ
ރައީސް އޮފީސް
ދިރާސީ އައު އަހަރު 2020
ދިރާސީ އައު އަހަރު ފެށީ ފޮތްތަކާއި ޓީޗަރުން ހަމަކުރުމަށްފަހު، ފުރިހަމައަށް ތައްޔާރުވެގެން: އެޑިއުކޭޝަން މިނިސްޓަރު
ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަރަށް ކާމިޔާބު، ނަތީޖާ ފެންނަމުންދޭ
އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުން ކުރިއަށްދޭ، މިދިއަ އަހަރު 22 ސްކޫލް އަދި މިއަހަރު 22 ސްކޫލާއެކު ޖުމްލަ 44 ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށްފައިވޭ
މިދިއަ އަހަރު ކިޔެވުން ނިމުނުއިރު، މިއަހަރުގެ ފޮތްތައް ވަނީ ދަރިވަރުންނާ ހަވާލު ކުރެވިފައި

ދިރާސީ އައު އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށުނުއިރު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ފޮތްތަކާއި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކޮށް، ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، މިދިއަ އަހަރު ދިރާސީީ އަހަރު ނިމުނުއިރު، މިއަހަރަށް ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ދަރިވަރުންނާ ހަވާލުކުރެވިފައިވާތީ އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއް ކަމަަށެވެ. އަދި މިއަހަރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރެވިފައިވާއިރު، ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހިންގަމުންދާ ޕްރޮގުރާމުތަކުން ދަރިވަރުންގެ ކިބައިންވެސް އެކަން ފެންނަމުންދާ ކަމަށެވެ.

Advertisement

އެގޮތުން، ރައީސް ޞާލިޙުގެ ސަރުކާރުން ފަށާފައިވާ ހެނދުނުގެ ނާސްތާ ޕްރޮގުރާމަކީ، ކުދިންނަށް ދުޅަހެޔޮ ޞިއްޙަތަކާއި، ކިޔެވުމަށް ހުންނަ ޝައުޤު އިތުރުވެ، ދަރިވަރުންގެ ކިބައިން އުފާވެރިކަން ފެންނަމުންދާ ޕްރޮގުރާމެއް ކަމަށާއި، ހެނދުނު ނާސްތާ ޕްރޮގުރާމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މިއައީ އިއްޒުއްދީން ސްކޫލަށް ގޮއްސަ، އެސްކޫލްގެ 208 ކުދިންނާ އަޅުގަނޑުމެންނާ ބައްދަލުވި. ހެނދުނުގެ ނާސްތާއަށްފަހު އެކުދިން ފަށައިގެން އެ ކުރިއަށް ދިޔައީ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، ހުރިހާ ކުދިންވެސް ނާސްތާ މިއަދު ނެގި، މިދިއަ އަހަރު އެންމެބޮޑަށް ދިމާވި މައްސަލައަކީ ކިރުޕެކެޓް ހުސްނުކުރާ މައްސަލަ، ގްރޭޑް އެކަކުން ހަޔަކާ ދެމެދުގެ ގްރޭޑްތަކުގެ ކުދިން އެސްކޫލްގައި އެބަތިބި، ކޮންމެ ކުއްޖަކު މިއަދު ކިރުޕެކެޓް ހުސްކުރި. އެހެންވީމާ ވަރަށް ކާމިޔާބުކޮށް އެކަން ދަނީ. އޭގެ ފައިދާތައް އެބަފެނޭ، ކްލާސްތެރެއިން، ފައިދާތައް އެބަފެނޭ ކުދިންގެ ނަތީޖާއިން، ފައިދާތައް އެބަފެނޭ ކުދިންގެ ހެލިފެލިވެ އުޅުމުން، އެހެންވީމާ ވަރަށް ރަނގަޅު ޕްރޮގްރާމެއް މިއީ،"
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

މީގެއިތުރުން، ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހަރުދަނާ ދަރިވަރުންގެ ގޮތުގައި ތަރުބިއްޔަރު ކުރުމަށްޓަކައި އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމަކީ ވެސް ރައީސް ޞާލިޙުގެ ސަރުކާރުން ނިންމަވާފައިވާ ކަމެކެވެ. އެގޮތުން މިދިއަ އަހަރުވެސް 22 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާއިރު، މިއަހަރު ވެސް 22 ސްކޫލެއް އެއް ދަންފަޅިއަށް ވަނީ ބަދަލުކޮށްފަ އެވެ. އޭގެތެއިން ދިރާސީ އައު އަހަރާއެކު އާދިއްތަ ދުވަހު ހުޅުވި އިއްޒުއްދީން ސްކޫލް ހިމެނެ އެވެ.

"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަކީ ސަރުކާރުގެ ވަރަށް ބިޔަބޮޑު ޕްރޮޖެކްޓެއް. ކޮންމެ ސްކޫލެއް އެއްދަންފަޅިއަށް ހަދާފައަދި އެސްކޫލްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރަން ވަރަށް ބޮޑު ބަޖެޓެއްވެސް ބޭނުންވޭ. އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރަށް ބަހާލައިގެން، ކޮންމެ އަހަރަކު މިވެނި ވަރަކަށް މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތަށް ޕްލޭންތައްހެދި، ކެބިނެޓުން އެންޑޯޒްކުރެވި އެއާއެއްގޮތަށް އަޅުގަނޑުމެން މިމަސައްކަތް ކުރިއަަށް ގެންދަނީ،"
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް މަދަރުސާތައް ހިންގާއިރު ދުޅަހެޔޮ، ހަށި ހެޔޮ، ރަނގަޅު ޞިއްޙަތެއްގައި ދަރިވަރުން ބޭއްތިއްބުމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވާ ކަމަށެވެ.

"ޅަފަތުގައި އުނގެނި އުފަލުގައި ކިޔަވައި ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދިއުން"
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

މިނިސްޓަރު ވިދާޅުވީ މިއަދުގެ ސަރުކާރުން ތަޢުލީމަށް ދޭ އަހައްމިޔަތުކަން މިއަދު ވެސް ހާމަވެގެން ގޮސްފިކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިނިސްޓަރުން ފޮނުވައި 20 ސްކޫލުގެ އެސެމްބްލީގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށީ ސަރުކާރުގެ ޖުމުލަ 212 ސުކޫލެއްގައި 73،067 ދަރިވަރުންނާ އެކުގައެވެ. ނަމަވެސް ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް ސުކޫލުތަކާ އެކު މިޢަދަދު 83000އަށް އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް