Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 12:17
ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ފަލާހު
ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ފަލާހު
ޓްވިޓަރ
ފުވައްމުލައް ސިޓީ ކައުންސިލް
މަގުމަތީގައި ހުރި ތަކެތި ނަގަން ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި
ތަކެތި އިތުރު އެންގުމަކާއި ނުލައި ކައުންސިލުން ނަގަމުންދާނެ
ފުވައްމުލައް ސިޓީގެ ގިނަ މަގުތަކެއްގައި ތާރު އެޅުމުގެ މަޝްރޫއު ދަނީ ކުރިޔަށް
ކައުންސިލުން ވަނީ މި މަސައްކަތް ކުރުމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު ކުރިޔަށްދާތީ، އަމިއްލަ ފަރާތްތަކުން މަގުތައް މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި ބަހައްޓާފައިހުރި ތަކެތި ނެގުމަށް ކުރިން އެންގި ނަމަވެސް އެކަން ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި އެކަން ނުކުރާ ފަރާތްތަކުގެ ތަކެތި އެންގުމަކާއި ނުލައި ނަގާނެކަމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ބުނީ، ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައިހެއްދުމާއި، މަގުމަތީގައި ގޮނޑި އަދި ޖޯލިފަތީގެ އިތުރުން ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި ހުންނަކަމަށެވެ. އަދި ވިޔަފާރިކުރާފަރާތްތަކުން ބޭރުކުރާ ކުނި ފަދަ ތަކެތި ބަހައްޓާފައި ހުންނަކަންވެސް ފާހަގަ ކުރެވޭކަމަށް ކައުންސިލުން ބުނެފައިވެއެވެ.

Advertisement

އަދި މިހެން ތަކެތި ބަހައްޓައި ގަސްހައްދާފައި ހުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާއުޅަނދުތަކަށް ދުއްވުމަށާއި، މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ކައުންސިލުގެ ބަޔާނުގައިވެއެވެ.

އަދި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު މިފަދަ ތަކެތި އިތުރު އެންގުމަކާއި ނުލައި ކައުންސިލުން ނަގަމުންދާނެކަމަށާއި، ވެލި މަގުތައް ލެވެލްކޮށް ހަދަމުންދާއިރު މަގު ހެދުމަށް ބޭނުންކުރާ އުޅަނދުތަކަށް އުނދަގޫވާގޮތަށް މަގުމަތީގައި ހުންނަ ތަކެތި ކޮށައި ދަތިފިލުވުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް